މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު އާންމުކޮށްފި
21 ނޮވެމްބަރު 2026 - 05:43

މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި އާންމުކޮށްފިއެވެ.
މިއީ މީޑިއާ ގްރާންޓުގެ ދަށުން ފައިސާ ލިބޭނެ މީޑިއާތަށް ކަނޑައެޅުމުގެ މަސައްކަތް އެކޮމިޝަނާއި ހަވާލުކުރުމާއި ގުޅިގެން އެކޮމިޝަނުން އެކުލަވާލާފައިވާ އުސޫލެކެވެ.
.png&w=750&q=75)
Ad by Hajj Corporation
އަލަށް އެކުލަވާލި އުސޫލުގައި މީޑިއާތަކަށް މާލީ އެހީ ދިނުމުގައި މާކްސް ދޭނެ މިންގަނޑެއް ވަނީ ކަނޑައަޅާފައެވެ. މި އުސޫލުގެ ދަށުން އެއް ފަރާތަކުން އެއް މީޑިއާއަށް ވުރެ ގިނަ މީޑީއާ ހިންގިނަމަވެސް މާލީ އެހީ ލިބޭނީ އެފަރާތަކުން ޚިޔާރުކުރާ އެއް މީޑިއާއަކަށެވެ. މީގެ ތެރޭގައި މައި ކުންފުނީގެ ހިއްސާ އޮންނަ ނުވަތަ ސަބްސިޑިއަރީ ކުންފުނިތައްވެސް ވަނީ ހިމަނާފައެވެ. ކޮންމެ މިޑިއާއަކުން އެއް އެޕްލިކޭޝަން ހުށަހެޅޭގޮތަށް އޮތްއިރު، އެ ފަރާތްތަކަށް އިޚްތިޔާރު އުސޫލުގެ ދަށުން އިޚްތިޔާރު ކުރެވޭނީ ގިނަ ވެގެން ދެ މިޑިއަމް ނުވަތަ އެ މީޑިއާއެއް ބޭނުންކުރާ ދެ މަންސަކަން ބަޔާންކޮށްފައެވެ.
މީޑީއާތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު
• މީޑިއާގެ މުއްދަތު
• މުވައްޒަފުންގެ އަދަދު
• މުވައްޒަފުންގެ ތަޢުލީމާއ،ި ތަޖުރިބާއާއ،ި އިދާރީ އިންތިޒާމުތައް
• ބިޒްނަސް ޕްލޭން
• ކޮންޓެންޓާއި ބާވަތް
މީޑިއާތަކަށް ފައިދާ ދިނުމުގައި ބަލާނީ 50 މާކްސްއިން މަތިން ލިބޭ މީޑިއާތަކަށެވެ. އުސޫލުގެ ދަށުން މީޑިއާ ކޮމިޝަނުން ފާއިތުވި 2 އަހަރުދުވަހުގެ ތެރޭގައ،ި ބްރޯޑްކާސްޓް މީޑިއާއާއި އޮންލައިން މީޑިއާ ހިމެނޭހެން، އެ މީޑިއާއަކާ މެދު އެއްވެސް ފިޔަވަޅެއް އަޅައި، އެ އެޅި ފިޔަވަޅެއް އާންމުކޮށްފައިވާ ނަމަ، އެ މީޑިއާއަކުން ހުށަހެޅި އެޕްލިކޭޝަނުން ކޮންމެ ފިޔަވަޅަކަށް 3 މާކުހުގެ މަގުން އުނިކުރެވޭ ގޮތަށް ވަނީ ހިމަނާފައެވެ.
މީޑިއާ ކޮމިޝަނުގެ އުސޫލުގައިވާ ގޮތުން މީޑިއާތަކުން މާލީ އެހީއަށް އެދި ހުށަހަޅަން ޖެހޭނީ ކޮމިޝަނުން އެކަމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. އަދި ކޮމިޝަނުން މާކްސް ދޭ ގޮތް ޕޯޓަލް މެދުވެރިކޮށް އެ ފަރާތްތަކަށް ފެންނާނެއެވެ. މާކްސް ދެވުނު ގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ މާކްސް މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތުވެސް އުސޫލުގެ ދަށުން ދެއެވެ.
މީޑިއާތަކަށް ފައިސާ ދޫކުރާނީ އުސޫލުގެ ދަށުން ފައިސާ ދޫކުރަން ކަނޑައަޅާ މީޑިއާތަކަށެވެ. އަދި ފައިސާ މިންވަރު ކަނޑައަޅާނެ ފޯމިއުލާއެއްވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މި ފައިސާ ދޫކުރާނީ ކޮމިޝަނުން މީޑިއާތަށް ކަނޑައެޅުމުން، ދާޚީލީ ވުޒާރައަށް ލިސްޓު ފޮނުވުމުން އެ ލިސްޓް މާލީ ވުޒާރާއަށް ފޮނުވައިގެންނެވެ. މިފައިސާ ޖަމާކުރާނީ އެ މިޑިއާގެ ނަމުގައި ހަދާފައިވާ ބޭންކް އެކައުންޓަށެވެ.

-01.jpg&w=3840&q=75)
