logo
Bank of Maldives

Bank of Maldives

ޚަބަރު

ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނޭހެން ވޯލްޑްކަޕުގެ ޚަބަރުތައް ގެނެސް ދިނުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފި

މަރިޔަމް މާޙީ
1 ޖުލައި 2026 - 04:51
މޯލސްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އޮފީސް
މޯލސްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އޮފީސް

މި އަހަރުގެ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޚަބަރުތަކާއި މަންޒަރުތައް ފެތުރުމުގައި އިސްލާމްދީނުގެ އަސާސްތަކާއި އިޖުތިމާއީ މިންގަނޑުތަކަށް ސަމާލުވުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖޭގެ ހުރިހާ މީޑިއާތަކަށް އިލްތިމާސްކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބްރޯޑްކާސްޓަރުންނާއި، ރީބްރޯޑްކާސްޓަރުން އަދި ނޫސްތަކާއި މީޑިއާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވާންޖެހޭނެ ކަމަށެވެ. އަދި މިގޮތުން ފަތުރާ މައުލޫމާތުތަކަކީ އިސްލާމްދީނުގެ އަސާސްތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، މީޑިއާގެ ސުލޫކީ މިންގަނޑުތަކާ އެއްގޮތްވާނެ ފަދަ ގޮތަކަށް ހުރި މައުލޫމާތުތަކެއްކަން ކަށަވަރުކުރުމަށް ކޮމިޝަނުން ވަނީ އެދިފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚާއްސަކޮށް، ވޯލްޑްކަޕްގެ މެޗުތައް ދުރަށް ފޮނުވަމުންދާއިރު، ދިވެހި މުޖުތަމައުގެ އަހްލާގީ މިންގަނޑާ ޚިލާފު އަޑުތަކާއި މަންޒަރުތައް ދެއްކުމުން ދުރުހެލިވުމަށް ބްރޯޑްކާސްޓަރުންނަށާއި ރީބްރޯޑްކާސްޓަރުންނަށް ވަނީ ހަނދާންކޮށްދީ ފައެވެ.

މީގެ އިތުރުން، މުބާރާތާ ގުޅޭ ޚަބަރުތަކާއި ރިޕޯޓުތައް ގެނެސްދޭއިރު ވެސް، އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި އަޚްލާގީ އަދަބުތަކަށް އިހުތިރާމްކުރުމަށް ހުރިހާ ނޫސްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނޭހެން ވޯލްޑްކަޕުގެ ޚަބަރުތައް ގެނެސް ދިނުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރަސްމީ ލޯގޯ ބޭނުންކުރަން ފަށައިފިޚަބަރު | 4 މަސް ކުރިންމީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފިޚަބަރު | 9 މަސް ކުރިންމީޑިއާ ކޮމިޝަނުގެ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފިޚަބަރު | 9 މަސް ކުރިން