އެމްއެމްބީސީގެ ރައީސް ފަރުޝަތު އިސްތިއުފާ ދެއްވައިފި
28 އޮކްޓޯބަރު 2026 - 07:07

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ފަރުޝަތު ބަޔާންކުރައްވާފައިވަނީ، ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަކަމާއެކު އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަންކަން ރާވާހިންގުމަށް ހައްލުނުކުރެވޭ ފަދަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން މިއަދު، 28 އޮކްޓޯބަރ 2026 އިން ފެށިގެން އަމަލުކުރާގޮތަށް، ކަމާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކުރައްވައި ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ފަރުޝަތުގެ އިސްތިއުފާގެ ސިޓީގައި ދިވެހި މީޑިއާއަށް އަބަދުވެސް އެދިވަޑައިގަންނަވަނީ ހެޔޮ ގޮތް މެދުވެރިވުން ކަމަށާއި، އަދަށްވުރެ ފަހި މާދަމައެއް މިންވަރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ފަރުޝަތު އެ މަގާމަށް ޢައްޔަނުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

-01.jpg&w=3840&q=75)
