logo
Bank of Maldives

Bank of Maldives

ޚަބަރު

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރަސްމީ ލޯގޯ ބޭނުންކުރަން ފަށައިފި

ޒިދާން މުޙައްމަދު
3 މާރިޗު 2026 - 14:30
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރަސްމީ ލޯގޯ ބޭނުންކުރަން ފަށައިފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރަސްމީ ލޯގޯ ބޭނުންކުރަން ފަށައިފި އެވެ.

މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކޮމިޝަންގެ ރަސްމީ ލޯގޯ އާންމުކޮށް މިއަދުން ފެށިގެން ބޭނުންކުރަން ފަށާފައިވާކަން ހާމަކޮށްފަ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ލޯގޯ ފަރުމާކޮށްފައިވަނީ މައިގަނޑު ހަތަރު ބައެއްގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

645421356_122122216983072833_384232471256751455_n.jpg

 

ލޯގޯ ފަރުމާކޮށްފައިވާ މައިގަނޑު ހަތަރު ބައި

  • ކޮމާކޯޅި - ހިޔާލު ފާޅުކުރުމުގެ މިނިވަންކަން
  • ބްރޯޑްކާސްޓިން ވޭވްސް - މައުލޫމާތު ފެތުރިގެންދާ ހަލުވި މިން
  • ވަކިވަކި ހަތަރު ބައި - މީޑިއާއަކީ ހަތަރުވަނަ ބާރުކަން
  • މ، ބ، ކ - ދިވެހި ބަހާއި ސަގާފަތަށް ދޭ އަހަމިއްޔަތުކަން

މި ލޯގޯއާއެކު ކޮމިޝަނުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި މީޑިއާގެ މިނިވަންކަން ދަމަހައްޓައި ޒިންމާދާރު ނޫސްވެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދީނީ އަދި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ނުވާނޭހެން ވޯލްޑްކަޕުގެ ޚަބަރުތައް ގެނެސް ދިނުމަށް މީޑިއާ ކޮމިޝަނުން އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިންމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރަސްމީ ލޯގޯ ބޭނުންކުރަން ފަށައިފިޚަބަރު | 5 މަސް ކުރިންމީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އައްޔަން ކުރުމާ ގުޅޭ ގަވާއިދު އާންމުކޮށްފިޚަބަރު | 10 މަސް ކުރިންމީޑިއާ ކޮމިޝަނުގެ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފިޚަބަރު | 10 މަސް ކުރިން