އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާން އިން މުއާމަލާތް ކުރެވޭ ގޮތް ހަދައިފި
25 ސެޕްޓެމްބަރު 2025 - 17:06
-1758091888649.webp&w=3840&q=75)
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޗައިނާއާއެކު ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ފަހިކޮށްދީފިއެވެ.
މިގޮތުން ބުރާސްފަތިދުވަހުން ފެށިގެން، އެ ބޭންކް މެދުވެރިކޮށް ޗައިނީސް ޔުއާން އިން ފައިސާ ފޮނުވުމާއި ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެމްއައިބީ އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation
އެމްއައިބީން ބުނީ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް bank@mib.com.mv އަށް އީމެއިލް ކުރުމުން ސާފުކުރެވޭނެ ކަމަށެވެ.
އެމްއައިބީން ޗައިނީސް ޔުއާން އިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެއްސިއިރު އެމްއައިބީން ކޯ-ސްޕޮންސަރ ކޮށްގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އަލީބާބާ.ކޮމް އާ ގުޅިގެން "ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓްސް - އަންލޮކިންގ އީ-ކޮމާރސް ވިތު އަލީބާބާ" ގެ ނަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ވެބިނާއެއް ވަނީ ބާއްވައިފައެވެ.
މި ވެބިނާގައި އަލީބާބާ.ކޮމްގެ އިކޯސިސްޓަމާ ގުޅޭގޮތުންނާއި، ބީ2ބީ ކްރޮސް ބޯޑަރ އީ-ކޮމާރސް ޓްރެންޑް އާއި އަލީބާބާ.ކޮމްގެ ސެލާ އޮޕަރޭޝަންގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކުވައިދޭ ސެޝަންތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އެކްސްޕޯޓް ކުރިއެރުވުމަށާއި ބައިނަލްއަޤްވާމީ މައިދާނަށް ނުކުތުމަށް އަލީބާބާ ޑޮޓްކޮމް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ ވަސީލަތްތަކާ ގުޅޭ މަޢުލޫމާތު ވަނީ ލިބިގެންގޮސްފައެވެ.
އަލީބާބާ.ކޮމް ގައި ދިވެހީންނަށް ސެލާ އެކައުންޓް ހުޅުވުމުގެ ފުރުޞަތާއި އެމްއައިބީ މެދުވެރިކޮށް ޗައިނީސް ޔުއާން އިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓު ކަމަށްވާ ޗައިނާއަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.


