ދިވެހިންގެ މަޢުލޫމާތު އެމްއައިބީއާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
14 ޖެނުއަރީ 2026 - 10:36

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން ބަލަހައްޓަމުންގެންދާ ދިވެހިރައްޔިތުންގެ މަޢުލޫމާތު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)އާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 13ވަނަ ދުވަހުއެވެ.

Ad by Hajj Corporation
މި އެއްބަސްވުމުގެ މަޤްސަދަކީ، ބޭންކުގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މަޢުލޫމާތު، ޑީ.އެން.އާރުގެ އޭ.ޕީ.އައި ލިންކް މެދުވެރިކޮށް ވެރިފައިކުރުމެވެ.
މިގޮތުން ޑީ.އެން.އާރުން ބަލަހައްޓަމުން ގެންދާ މަޢުލޫމާތު ވެރިފައިކުރުމުން، ބޭންކުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އަވަސްވެ އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ޑީއެންއާރުން ވަނީ 2025 ވަނަ އަހަރު ބޭންކު އޮފް މޯލްޑިވްސް އާއި ވެސް މަޢުލޫމާތު ހިއްސާކުރުމުގެ މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.


