އެމްއައިބީގެ ރުފިޔާ ކާޑުން އީކޮމާސް ބައެއް ސައިޓްތަކަށް ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓްކޮށްފި
23 ޖޫން 2026 - 17:26

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ރުފިޔާ ކާޑުން އީކޮމާސް ބައެއް ސައިޓްތަކަށް ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓްކޮށްފިއެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން އެ ހިދުމަތް ލިބިގަނެ އެހެނިހެން ބޭނުންތަކަށް ލިމިޓް ބޭނުން ކުރަމުންދާ ކަމަށާއި އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ގޮތުން މި ހިނދުން ހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

Ad by Hajj Corporation
އެމްއައިބީގެ ބަޔާނުގައި ބުނީ މި ނިންމުމާއެކު އީ ކޮމާސް ސައިޓްތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށެވެ. މި ބަދަލު ގެނައި ނަމަވެސް ބައެއް ވިޔަފާރި ސައިޓްތައް ފިޔަވާ ކަސްޓަމަރުން އާންމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ނޭނުން ކުރެވޭނެ ކަމަށް އެމްއައިބީ އިން ބުނެއެވެ.
މިފަދަ ނިންމުމެއް ނިންމާފައި މިވަނީ މި ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަަމަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށްއެމްއައިބީ އިން ބުނެއެވެ.


