logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ތާރީހުގައި ކުރި އެންމެ ބޮޑު ވައްކަން: ޖުމްލަ 2.2 ބިލިޔަން ރުފިޔާއަށް އަރާ

އާމިނަތު ޝަފާ
26 ސެޕްޓެމްބަރު 2025 - 05:09
ރާއްޖޭގެ ތާރީހުގައި ކުރި އެންމެ ބޮޑު ވައްކަން: ޖުމްލަ 2.2 ބިލިޔަން ރުފިޔާއަށް އަރާ

ނިމިދިޔަ އެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ދައުލަތުގެ 2.2 ބިލިޔަން ރުފިޔާ ނުވަތަ 2000 މިލިޔަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ކުރި އެންމެ ބޮޑު ވައްކަމުގެ މައުލޫމާތު ވަނީ ހާމަކޮށްފައެވެ.

އެގޮތުންރައީސް ޞާލިޙްގެ ސަރުކާރުގައި ފެނަކައިން ހިންގިކަން އޮޑިޓަށް ސާބިތުވާ ޚިޔާނާތް 2.2 ބިލިއަން ރުފިޔާއަށް ވުރެ މަތިކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

އޮޑިޓް ރިޕޯޓުން ފާހަގަވާ ކަންކަން:

* އެމްޑީޕީ ސަރުކާރުގައި ފެނަކައިން 674 އެއްބަސްވުން އެކި ފަރާތްތަކާ މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއިރު އޭގެ ތެރޭގައި ގިނައީ ބިޑަކަށް ނުލާ ހަވާލުކުރި މަޝްރޫޢުތައް

* ހަމައެކަނި ކަރަންޓު ކޭބަލް ގަތުމަށްވެސް 790 މިލިއަން ރުފިޔާގެ ވައްކަން.

* ޖަނަރޭޓަރު ސެޓު ގަތުމުގެ ނަމުގައި 552 މިލިއަން ރުފިޔާގެ ވައްކަން.

* ޓްރާންސްފޯމަރު ގަތުމުގެ ނަމުގައި 396 މިލިއަން ރުފިޔާގެ ވައްކަން.

* ފެނާއި ނަރުދަމާ މަޝްރޫޢު ހިންގުމުގެ ނަމުގައި 496 މިލިއަން ރުފިޔާގެ ވައްކަން.

 

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އޮޑިޓަރ ޖެނެރަލް ރިޕޯޓްގައިވާ މައުލޫމާތުތަކަށް ބަލާއިރު، ފެނަކައިގެ ތެރެއިން ނިމިދިޔަ ސަރުކާރުގައި ހިންގާފައިވާ 2.2 ބިލިޔަން ރުފިޔާގެ ޚިޔާނާތަކީ 1990 ގައި ފަޅާއެރި އެފްޕީއައިޑީއާއި 2015 ގައި ފަޅާއެރި އެމްއެމްޕީއާރުސީގެ ހިޔާނާތަށްވުރެ ބޮޑު ހިޔާނާތެއްކަން ހާމަވެފައިވާކަމަށާއި އަދި ފެނަކައިގެ ހިޔާނާތް 2.2 ބިލިޔަނަށް އެރުމުން ޔަގީން ވަނީ، އެމްޑީޕީ ވެރިކަމުގައި 2018 އިން 2023 އަށް ހިންގި ވައްކަމާ ޚިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަންކަމަށެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުގެ އާއިލީ ކުންފުނިތަކާއެކު، ކުރީގެ ސަރުކާރުން 92 އެއްބަސްވުމެއް ހަދާ 31 މިލިއަން ރުފިޔާ ދޫކޮށްފައިވާކަންވެސް ވަނީ އޮޑިޓް ރިޕޯޓުން ފަޅާ އަރާފައެވެ.

ކުރީ ސަރުކާރުތަކުން ކޮށްފައިވާ ވައްކަމާއި ހިޔާނާތް ބަލައި މި ސަރުކާރުން ފިޔަވަޅު އަޅާނެކަމަށާއި އަދި މިހިޔާނާތްތަކުގެ ސަަބަބުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދާނެކަމަށް ސަރުކާރުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ފެނަކަ ޚިޔާނާތް: ސިސްޓަމަށް ނާޅާ 12،000 ޕާޗޭސް އޯޑަރު!ޚަބަރު | 5 ދުވަސް ކުރިންއެމްޑީޕީން މަގުމައްޗަށް ނުކުތަސް ކުރީ ސަފުން ފެންނާނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އޮތް މީހުން: މަމްދޫޙްޚަބަރު | 13 ދުވަސް ކުރިންފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި ޚަބަރު | 15 ދުވަސް ކުރިންފެނަކަ ސައީދު ބުނަނީ އޮޑިޓް ރިޕޯޓު ގޯސްކަމަށް، އެކަމަކު ފެންނަނީ އަނދަވަޅެއްގައި އޮތް ކުންފުންޏެއްޚަބަރު | 15 ދުވަސް ކުރިން