logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރުން: ހުތުބާ

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ސެޕްޓެމްބަރު 2025 - 09:11
''އިސްލާމުން ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް އަމިއްލަ ޤާނޫނުތަކަށް ޢަމަލުކުރުން''

މިއަދު އިސްލާމީ އުންމަތް ނިކަމެތިވެފައިވާ ސަބަބަކީ، މާތް ﷲގެ ޝަރީޢަތް ދޫކޮށްލައި، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރުން ކަމަށް، މިއަދު ދިން ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ދީން ރައްކާތެރިކުރުން" މި މައުޟޫއަށް ދިން ޚުޠުބާގައި، ދީން ޙިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ޞައްޙަ ޢަޤީދާ ފޯރުކޮށްދިނުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުކުރު ޚުޠުބާގައި ބުނެފައިވަނީ، އިންސާނުންނަށް ޓަކައި މާތް ﷲ ޚިޔާރުކުރެއްވި ދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، މުސްލިމުންގެ ވާޖިބެއްކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް މި ދީނުގެ ޞައްޙަ ޢަޤީދާ ފޯރުކޮށްދޭންޖެހޭ ކަމަށެވެ. ޣައިރުދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކޮށް، އިސްލާމް ދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދައި، މި އުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަޙުދަތު ނަގައިލައި، އިސްލާމްދީނާ މީސްތަކުން ބީރައްޓެހިކުރުމަށް ކަމަށްވެސް ޚުޠުބާގައި ބަޔާންކުރެއެވެ.

އިސްލާމްކަމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންވުމާއި، އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ރައްކާތެރިވެ، ކިޔަމަންގަތުމާއި، ނަހީކުރައްވައިފައިވާ ކަންކަމުން ދުރުހެލިވުމެވެ. އަދި ޝިރުކުކުރުމާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުމުގެ މުހިންމުކަމަށް ޚުޠުބާގައި ބާރުއަޅާފައިވެއެވެ.

ދީނީ ޝަޚުޞިއްޔަތު ދެމެހެއްޓުމަކީ ދީނީ ޝިޢާރެއްކަން ފާހަގަކުރައްވައި ޚުޠުބާގައި ބުނެފައިވަނީ، އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެންނެއް ނުވާނެ ކަމަށެވެ. އެ މީހުންގެ ދީނީ އިޙުތިފާލުތަކުގައި ބައިވެރިވުމާއި، އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ، އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަޚުޞިއްޔަތު ހަލާކުވެދާނެ ކަންކަމެވެ. މުޝްރިކުންނާއި އަހުލު ކިތާބީންނާ ވައްތަރުވެ އުޅުން ނަބިއްޔާ ﷺ ވަނީ މަނާކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ.) މާނައީ: "ބަޔަކު މީހުންނާއި ވައްތަރުވި މީހާ ވަނީ އެ ބަޔެއްގެ ތެރެއިންނެވެ." އެ މީހެއްގެ ދީން ރައްކާތެރިކުރަން ބޭނުން މީހާ މި ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށް ޚުޠުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

އިސްލާމް ދީނުގެ ޢަދާވާތްތެރީން އަބަދުވެސް މަސައްކަތްކުރަމުންދަނީ ﷲގެ ދީނުގައި ބާވައިލައްވައިފައިވާ ޙުކުމްތަކަށް އިންކާރުކޮށް މާތްވެގެންވާ އިސްލާމް ދީން ނައްތައިލުމަށެވެ. އަދި މި ދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނާކަށް އެބައިމީހުން ނުރުހެއެވެ. އެބައިމީހުން ބޭނުންވަނީ، އެ މީހުންގެ ކޮށި ވިސްނުން، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އިސްކުރުމަށެވެ. މިއަދު އިސްލާމް ދީނާ ދެކޮޅު ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުން ބޭނުންވާ ނަމަ، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އެ މީހުން ހަދައިފައިވާ ޤާނޫނުތައް އިސްކުރެވިދާނެ ކަމަށާއި، މާތް ﷲގެ ޙުކުމްފުޅުތަކަކީ ހަމައެކަނި ރަސޫލާ ﷺ ގެ ޙަޔާތްޕުޅުގައި ތަންފީޒުކުރަން ބާވައިލެއްވި އެއްޗެއްކަމަށް ވިސްނައިދޭން މަސައްކަތްކުރާ ކަމަށް ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ.

ދިވެހިންނަކީ ޒަމާނުއްސުރެން މާތް ﷲގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބަޔަކަށް ވާތީ، 900 އަހަރަށްވުރެ ގިނަ ދުވަހު މި ރާއްޖޭގައި އިސްލާމްދީން މަތީގައި އުޅެވުނީ ވަރަށް އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާ އެކުގައެވެ. ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް މަނާކުރުމަކީ، އިސްލާމް ދީނުގެ މަތިވެރި ޝިޢާރެކެވެ. ރަނގަޅު ފަރުދަކު ބިނާކުރެވޭން އޮތީ ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރާ މުޖުތަމަޢެއް ބިނާކޮށްގެންނެވެ. މުޖުތަމަޢު ސަލާމަތްވާން އޮތީ ރަނގަޅު ފަރުދުންތަކެއް ބިނާކޮށްގެން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

އިސްލާމްކަމުގެ ނިޢުމަތަކީ އިންސާނަކަށް ލިބޭނޭ އެންމެ ބޮޑު ނިޢުމަތް ކަމަށް ޚުޠުބާގައި ފާހަގަކުރެއެވެ. ދިވެހިންގެ ކާބަފައިން މި ދީން އަހަރެމެންނާ ހަމަޔަށް ގެނެސްދެއްވައިފައިވަނީ އެކި ދުވަސްވަރުގައި ދީނާ ދެކޮޅަށް ކުރެވުނު ކަންކަމުން ދީން ދިފާޢުކޮށް ޖިހާދުކޮށްގެންނެވެ. އެހެންކަމުން އަންނާންއޮތް ޖީލުތަކަށް މި ދީން ފޯރުކޮށްދެވޭނީ އަހަރެމެން ޤުރުބާނީތަކެއް ވެގެންނެވެ. ފިކުރީ ގޮތުން ދީނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުން ދީން ރައްކާތެރިކުރެވޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ޖީލަކަށް ފަހު ޖީލެއް ބިނާކޮށްގެންނެވެ. ޤުރްއާނާއި ސުންނަތުގައިވާ އަމުރުތަކާއި އިރުޝާދުތަކަށް ތަބާވާ ބަޔަކު އުފަންކޮށްގެންނެވެ. މާތް ﷲ އަމުރުކުރައްވައިފައިވާ ފަދައިން ބައިބައިނުވެ އެކަލާނގެ ދީނުގައި ސާބިތުވެ ތިބެގެން ކަމަށްވެސް ޚުޠުބާގައި ވަނީ އިރުޝާދު ދެއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަމާދަކީ ދީނުގެ ތަނބު، ނަމާދު ދޫކޮށްލައިފި މީހާ ވަނީ ދީނުން ބޭރުވެފައި: ހުތުބާޚަބަރު | ދުވަހެއް ކުރިން''އިސްލާމުން ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް އަމިއްލަ ޤާނޫނުތަކަށް ޢަމަލުކުރުން''ޚަބަރު | 22 ދުވަސް ކުރިން''ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނެ''ޚަބަރު | މަހެއް ކުރިން ''ދީނީ އަޚްލާޤުގެ މަތީގައި ޢާއިލާ ބިނާކުރުމަށް މައިންބަފައިން ނަމޫނާ ދައްކަންޖެހޭ''ޚަބަރު | 2 މަސް ކުރިން