logo
Bank of Maldives

Bank of Maldives

ޚަބަރު

މުޖުތަމައެއް ބިނާވެ ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގަލަކީ މުދަލު ޒަކާތް: ހުތުބާ

މަރިޔަމް މާޙީ
17 އޭޕްރީލު 2026 - 04:45
މުޖުތަމައެއް ބިނާވެ ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގަލަކީ މުދަލު ޒަކާތް: ހުތުބާ

މުޖުތަމައެއް ބިނާވެ ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގަލަކީ މުދަލު ޒަކާތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ އިޖުތިމާއީ ޢަދާލަތު ގާއިމްކުރުމުގައި ޒަކާތުގެ ދައުރު މިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުތުބާގައި ބުނީ މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނޫން ކަމަށެވެ. އަދި އެއީ ހަމައެކަނި ނިކަމެތިންނަށް ވެދެވޭ އިހްސާންތެރިކަމެއް ވެސް ނޫން ކަމަށާއި އެއީ އިސްލާމްދީނުގެ ފަރުޟު ކުރައްވާފައިވާ މަތިވެރި ރުކުނެއް ކަމަށެވެ. މިއީ އިސްލާމްދީނުގެ ބިންގަލާ ގުޅިފައިވާ މަތިވެރި އިލާހީ ނިޒާމެއްކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

ޒަކާތް ނެރުމުގެ ފައިދާތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ޒަކާތް ނެރޭ މީހާގެ ނަފުސު ދަހިވެތިކަމާއި، މުށްބާރުކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބިން ތާހިރުކޮށްދޭ ކަމަށެވެ. އަދި މީގެ ސަބަބުން މުދަލުގައި ބަރަކާތް ލައްވާނެ ކަމުގެ އުފާވެރި ހަބަރުވެސް ދިނެވެ. މީގެ އިތުރުން ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ މުދަލުގެ ބޮޑު މިންވަރެއް ނޫން ކަމަށާއި، އެއީ އެންމެ 2.5 އިންސައްތަ ކަމަށް ހުތުބާގައި ބުންޏެވެ.

ޒަކާތުގެ ސަބަބުން މުޖުތަމައަށް އަންނަ ހެޔޮ ބަދަލުތަކުގެ މިސާލު އިސްލާމީ ތާރީހުން ފެންނަން އެބައޮތެވެ. އެގޮތުން މަޝްހޫރު ހަލީފާ އުމަރު ބުނު އަބްދުލްއަޒީޒުގެ ވެރިކަމުގައި، އިންސާފުވެރިކަމާއެކު ޒަކާތުގެ ނިޒާމު ގާއިމްކުރުމުގެ ނަތީޖާއެއްގެ ގޮތުން ފަގީރުންގެ ހާލަތު ރަނގަޅުވެ، ދަރަނިވެރިން ދަރަނިން ސަލާމަތްވިއެވެ. އެދުވަސްވަރު ޒަކާތުގެ ނިޒާމު ފުރިހަމައަށް ހިނގުމުގެ ސަބަބުން، ޒަކާތް ބަލައިގަންނާނެ ފަގީރަކު ނެތް ހާލަތަށް މުސްލިމް އުއްމަތުގެ ކަންކަން ދިޔަކަން ހުތުބާގައި ބަޔާންކުރިއެވެ.

ޒަމާނީ މިސާލެއްގެ ގޮތުން، ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާގެ ތަފާސްހިސާބުތަކަށް ހުތުބާގައި އަލިއަޅުވާލިއެވެ. އެގޮތުން 2024 ވަނަ އަހަރު އެގައުމުގެ ޒަކާތު އިދާރާއިން ނެރުނު ރިޕޯޓުތަކުން ދައްކާ ގޮތުގައި، އެންމެ އަހަރެއްގެ ތެރޭގައި 1.35 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޒަކާތުގެ އެހީގައި ފަގީރުކަމުގެ ހާލަތުން ސަލާމަތްވެފައެވެ.

ހުތުބާ ނިންމާލަމުން، އާހިރަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް ޒަކާތް މުހިންމު ދައުރެއް އަދާކުރާކަން ހަނދާންކޮށްދިނެވެ. ގިޔާމަތްދުވަހު އިރު ބޯމައްޗަށް ތިރިވެ، މީސްތަކުން ހިޔާވަހިކަމަކަށް އެދި އާދޭސްކުރާ ވަގުތު، ދުނިޔޭގައި އިހުލާސްތެރިކަމާއެކު މުދަލުން ޒަކާތް ދީ އުޅުނު މީހުން ތިބޭނީ މާތްالله ގެ އަރުޝީގެ ހިޔަލުގައި ކަމަށް ހުތުބާގައި ބުންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިހުރު ނުހެދިޔަސް، އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް: ހުތުބާޚަބަރު | 5 ގަޑިއިރު ކުރިންކީރިތި ޤުރްއާނަކީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު، ހުރިހައި ކާމިޔާބީއެއްގެ ސިއްރު !ޚަބަރު | 7 ދުވަސް ކުރިންކޮރަޕްޝަނަކީ އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް: ހުތުބާ ޚަބަރު | 14 ދުވަސް ކުރިން މުދަލާއި، އަބުރު ރައްކާތެރިކުރުމަށް މި ޤަމުގައި މަސައްކަތްތަކެއް ކުރަން މިހާރު ވަނީ ޖެހިފަ: ހުތުބާޚަބަރު | މަހެއް ކުރިން