logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮރަޕްޝަނަކީ އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް: ހުތުބާ

އައިޝަތު އިނާޝާ
3 ޖުލައި 2026 - 07:49
ކޮރަޕްޝަނަކީ އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް: ހުތުބާ

ކޮރަޕްޝަނަކީ އިންސާނާގެ ފިޠުރަތު އެ ކަމަށް ނުރުހޭ، އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު އަކީ ކޮރަޕްޝަނާއި ރިޝްވަތުގެ ނުރައްކާތެރިކަން މިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުތުބާގައި ވަނީ ކޮރަޕްޝަނަކީ މަޤާމުގެ ނުފޫޒު ނުވަތަ ލިބިފައިވާ އިޚުތިޔާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ހޯދައިދިނުމަށް ކުރެވޭ ކޮންމެ ކަމެކަން ފާހަގަކޮށްފައެވެ. އަދި ތިމާއާ ޙަވާލުވެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާއަކީ، އެއާ މެދު ތިމާއާ ސުވާލުވެވޭނޭ އަމާނާތެއް ކަމަށާއި ތިމާގެ ނުފޫޒު އަމިއްލަ އެދުމަކަށް ޓަކައި ބޭނުންކުރުމަކީ، ޚިޔާނަތްތެރި ޢަމަލެއް ކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.

އިިންސާނާގެ ފިޠުރަތުގައި އަމާންކަމާއި، ސަލާމަތްތެރިކަމާއި މިނިވަންކަމާއި ޢަދުލުވެރިކަމާއި އިންސާފަށް ލޯބިކުރުން ލައްވައިފައި ވާއިރު، ކޮރަޕްޝަނަކީ އިންސާނާގެ ފިޠުރަތު އެ ކަމަށް ނުރުހޭ، އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެއީ ބިން ފަސާދަކުރާ، ސަލާމަތްބުއްދިއާ ފުށުއަރާ، ނަފުސުގެ ޢިއްޒަތް ފޭރިގަންނަ ދަށު ދަރަޖައިގެ ޢަމަލުތަކެއް ކަމަށާއި އެއީ އިލާހީ ކޯފާއަށް ހުށަހެޅޭ، ބޮޑުވެގެންވާ ފާފައެއް ކަމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.

ހުތުބާގައި ވަނީ މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތުކަން ފާހަގަކޮށްފައެވެ. އަދި ޙައްޤުނޫން އެއްޗެއް ހޯދުމަށް ނުވަތަ ބާޠިލުކަމެއް ޙައްޤުކަމަކަށްހެދުމަށް ދެވޭ ކޮންމެ އެއްޗަކީ ރިޝްވަތުކަން ހަންދާންކޮށްދިނެވެ.

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މާތް ﷲގެ ކޯފާއާއި އެކަލާނގެ ރަސޫލާ ގެ ލަޢުނަތް އެ މީހެއްގެ މައްޗަށް ހުއްޓެވެ! އެ ފަދަ މީހަކީ އީމާންކަމުގެ ނޫރު ކަނިވެ، ޙަޔާތް އަބާއްޖަވެރިވެ، ނަރަކައިގެ އަލިފާނަށް ހުށަހެޅޭނޭ މީހެއް : ހުތުބާ

ކޮރަޕްޝަނުގެ ސަބަބުން އިޖުތިމާޢީ ޢަދުލުވެރިކަން ނެތިވެ، ފަޤީރުކަން އިތުރުވެ، އިޤުތިޞާދުގެ ތަނބުތައް ފުނޑުފުނޑުވާނެ ކަން ފާހަގަކޮށް ހުތުބާގައި ބުނީ ކޮރަޕްޝަނާއި ރިޝްވަތަކީ، ނާއިންސާފާއި ބިރުވެރިކަން ޢާންމުވެ، ތަރައްޤީއަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ.

މުއްސަނދިކަމަކީ ނަފުސުގެ މުއްސަނދިކަން ކަން ފާހަގަކޮށް ހުތުބާގައި ބުނީ އިންސާނާއަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭހައި ހިނދަކު މިނިވަނެއް ކަމަށެވެ. އަދި އެ ސިފަ ހުންނަ މީހާ ޙަރާމް މަންފާއަށް ދަހިވެތިވެ އޭނާގެ ދީނާއި ނަފުސުގެ ކަރާމާތް ވިއްކައެއް ނުލާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

!

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮރަޕްޝަނަކީ އިޖުތިމާޢީ ނިޒާމު ފުނޑުފުނޑުކޮށްލާ ބަލިމަޑުކަމެއް: ހުތުބާ ޚަބަރު | 2 ގަޑިއިރު ކުރިން މުދަލާއި، އަބުރު ރައްކާތެރިކުރުމަށް މި ޤަމުގައި މަސައްކަތްތަކެއް ކުރަން މިހާރު ވަނީ ޖެހިފަ: ހުތުބާޚަބަރު | މަހެއް ކުރިންޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނަން ޖެހޭ: ހުތުބާޚަބަރު | މަހެއް ކުރިންމި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައް، ހެޔޮ އަމަލުތައް ގިނަކޮށް ނުބައިކަންކަމުން ދުރުހެލިވޭޚަބަރު | 2 މަސް ކުރިން