logo
MPL

MPL

ޚަބަރު

މީސްތަކުން ޖާހިލުކަމުގެ އަނދިރީގައި ވަނިކޮށް، ކީރިތި ރަސޫލާ ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި: ޚުޠުބާ

އައިޝަތު އިނާޝާ
21 އޯގަސްޓު 2026 - 06:23
މީސްތަކުން ޖާހިލުކަމުގެ އަނދިރީގައި ވަނިކޮށް، ކީރިތި ރަސޫލާ ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި: ޚުޠުބާ

ދުނިޔޭގައި އަނިޔާވެރިކަމާއި ޖާހިލުކަން އިންތިހާއަށް ބޮޑުވެ، އިންސާނިއްޔަތު ދަށު ދަރަޖައަކަށް ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށްޓަކައި މާތް الله ފޮނުއްވި ރަސޫލަކީ މުޙައްމަދު ﷺ ކަމަށާއި، އެކަލޭގެފާނު ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

"މާތް ނަބިއްޔާ ދެކެ ލޯބިވުން" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު ދިން ހުކުރު ޚުޠުބާގައި ބުނެފައިވަނީ، އިސްލާމްދީނަކީ މާތް اللهގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ހަމައެކަނި ދީން ކަމަށެވެ. އަދި ކީރިތި ރަސޫލާ ﷺ ފޮނުއްވުމުގެ ކުރިން، މީސްތަކުން ބުދަށާއި، ގަސްގަހާގެއްސަށާއި، އަލިފާނާއި ހިލައަށް އަޅުކަން ކުރަމުންދިޔަ ކަމަށާއި، އޭރު ދުނިޔޭގައި އޮތީ "ޖަންގަލީގެ ޤާނޫނު" ކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އަންހެންދަރިން ދިރިތިއްބާ ވަޅުލުމާއި، ރާބުއިމާއި، ޖުވާކުޅުމާއި ރިބާގެ މުޢާމަލާތްތައް ފަދަ ބޮޑެތި މުންކަރާތްތައް ފެތުރިފައި އޮތްކަން ހަނދާންކޮށްދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކީރިތި ރަސޫލާ ﷺ އަކީ ތަޤުވާވެރިންގެ އިމާމު އަދި އެއީ ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި މާތް ސާހިބާކަން ފާހަގަކޮށް ހުތުބާގައި ބުނީ އެކަލޭގެފާނަށް އީމާންވުމުގެ މާނައަކީ އެކަލޭގެފާނަށް ކިޔަމަންގަތުމާއި، ސުންނަތަށް ޤަދަރުކޮށް އިޙުތިރާމްކުރުން ކަމަށެވެ. އަދި އަމިއްލަ ނަފުސާއި، މުދަލާއި، އަނބިދަރިންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، ސުންނަތަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމަނުވާނެ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ޚުޠުބާގައި ބުނީ، الله ފޮނުއްވި ކޮންމެ ރަސޫލަކަށްމެ ފުރައްސާރަކުރި ބަޔަކު އުޅުނު ކަމަށެވެ. އެހެންނަމަވެސް، ރަސޫލާ ﷺ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.

ޚުޠުބާ ނިންމާލަމުން، އިސްލާމީ އުންމަތަށް ގޮވާލާފައިވަނީ ކީރިތި ރަސޫލާ ﷺ ގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު ދެއްކެވި ތެދުބަސްބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމާއި، މަޑުމޮޅިކަން ފަދަ ރިވެތި އަޚުލާޤީ ސިފަތަކުން ޒީނަތްތެރިވުމަށެވެ. އަދި އަޅުކަންތަކާއި މުޢާމަލާތްތަކުގައިވެސް އެކަލޭގެފާނަކީ އެންމެ މަތިވެރި ނަމޫނާ ކަމުގައި ބެލުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީސްތަކުން ޖާހިލުކަމުގެ އަނދިރީގައި ވަނިކޮށް، ކީރިތި ރަސޫލާ ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި: ޚުޠުބާޚަބަރު | 3 ގަޑިއިރު ކުރިންހުތުބާ: ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނެ! ޢަމަލުތަކުގެ އަޖުރު ލިބޭނެ ދުވަހަކީ ޤިޔާމަތްދުވަސް!ޚަބަރު | 21 ދުވަސް ކުރިންވަޒީފާ އަކީ އަމާނާތެއް، ވަޒީފާ އަދާކުރުމުގައި އިޚުލާޞްތެރިވާން ޖެހޭ: ހުތުބާޚަބަރު | މަހެއް ކުރިންސިހުރު ނުހެދިޔަސް، އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް: ހުތުބާޚަބަރު | މަހެއް ކުރިން