ވަޒީފާ އަކީ އަމާނާތެއް، ވަޒީފާ އަދާކުރުމުގައި އިޚުލާޞްތެރިވާން ޖެހޭ: ހުތުބާ
24 ޖުލައި 2026 - 09:42
.jpg&w=1920&q=75)
އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚުލާޞްތެރިވާން ޖެހޭނެ ކަމަށް މިއަދު ގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޞޫއަކީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވެވި ހުކުރު ޚުޠުބާގައި މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ، އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެއް ކަމާއި އެއީ ކޮންމެ މީހެއްގެ ވެސް މަސްއޫލިއްޔަތެއް ކަަމަށް ވަނީ ބުނެފައެވެ.

Ad by Hajj Corporation
ޚުޠުބާގައި ވިދާޅުވީ އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނޭ މީހެއް ކަމަށެވެ. އަދި ކުރާ ޢަމަލުތަކާ މެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށާއި ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ހާއްޞަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުންނަކީ، ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއް ކަމަށްށެވެ.
"އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެ. އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެ. އެ ދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅަ ކަމަކުން މެނުވީ، އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫން." ހުކުރު ޚުޠުބާގައި ވަނީ ބުނެފައެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ވެސް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި ޢަދުލުއިންޞާފުގެ މައްޗަށްކަމަށެވެ. ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލުއިންޞާފުގެ މައްޗަށް ކަމަށާއި ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެއް ކަމަށް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.
ޤަައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމީ، ހަމަ ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް ކަމާއި މިކަން ދެމެހެއްޓޭނީ ދެކޮޅުވެރިކަމާއި އަރައިރުންވުންތަކާ ދުރުހެލިވެ، އަމިއްލަ މަސްލަޙަތަށް ވުރެ، މުޖުތަމަޢުގެ މަސްލަޙަތަށް އިސްކަންދީގެން ކަމަށާއި މުޖުތަމަޢުގެ ކޮންމެ ފަރުދަކުމެ އެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށް ޚުޠުބާގައި ބުނެފަިވެއެވެ.
ޒިންމާދާރު ގޮތެއްގައި މަސްއޫލިއްޔަތު އަދާކުރުމީ ވަރަށް މުހިންމު ކަމެއް ކަމަށާއި މުޖުތަމަޢެއްގެ ކުރިއެރުމާއި ތަރައްޤީއާއި ތަނަވަސްކަން ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރެވޭ ގޮތެއްގެ މައްޗަށަ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހަކާ ޙަވާލުވެފައިވާ އަމާނާތް ފުރިހަމައަށް އަދާކޮށްގެން ކަމަށް ކުރު ޚުޠުބާގައި ވަނީ ބުނެފައެވެ.


