logo
MPL

MPL

ޚަބަރު

ކީރިތި ޤުރްއާނަކީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު، ހުރިހައި ކާމިޔާބީއެއްގެ ސިއްރު !

އައިޝަތު އިނާޝާ
10 ޖުލައި 2026 - 06:21
ކީރިތި ޤުރްއާނަކީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު، ހުރިހައި ކާމިޔާބީއެއްގެ ސިއްރު !

ކީރިތި ޤުރްއާނަކީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށާއި އެއީ ހުރިހައި ކާމިޔާބީއެއްގެ ސިއްރު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުުކުރު ހުތުބާގެ މައުޟޫއުއަކީ ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަން މިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތަކީ ކީރިތި ޤުރްއާން ކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއީ ކޮންމެ ހެއުކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށެވެ. އަދި އެއީ ހުރިހައި ކާމިޔާބީއެއްގެ ސިއްރު ކަމަށާއި އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއް ކަމަށެވެ.

ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެކަން ފާހަގަކޮށް ހުތުބާގައި ވަނީ އެއީ ބަލިތަކަށް އޮތް ޝިފާއެއް ކަން ހަނދާންކޮށްދީފައެވެ.

މި މާތް ފޮތް ކިޔަވައި، އެއަށް ޢަމަލުކުރާ މީހާއަށް ޤިޔާމަތް ދުވަހު އެ ފޮތް ޝަފާޢަތްތެރިވާނެ. އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށްމެ ދިހަ ހެއުކަމުގެ ޘަވާބު މާތް ދެއްވާނެ: ހުތުބާ

ހުތުބާގައި ބުނީ ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގައި ހިމެނޭ އާޔަތްތަކުގެ މާނަތަކާ މެދު ތަދައްބުރުކޮށް ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގެން، އެބައިމީހުންނަށް ޓަކައި ހެއު ދުޢާކުރައްވައި، ޝައިޠާނާގެ ނުބައިކަމުންނާއި ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ. އަދި އަދި މާތް ގެ ތަނަވަސްވެގެންވާ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެކަލާނގެ އެބައިމީހުންނަށް މިންވަރުކުރައްވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ކީރިތި ޤުރްއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫޙަށާއި، ހިތަށް ނުހަނު ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެއް. މާތް ގެ މަތީން ހަނދުމަކޮށް، ޒިކުރުކުރުމުގެ މަތިވެރި މަޤުޞަދުގައި ކިޔެވޭ މި މުޤައްދަސް ފޮތަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލު: ހުތުބާ

ކީރިތި ޤުރްއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތް ކަން ފާހަގަކޮށް ހުތުބާގައި ބުނީ އިޚުލާޞްތެރިކަމާ އެކު އެ ފޮތް ތިލާވަތުކުރާ ކޮންމެ މީހަކަށްމެ، އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެ ކަމަށެވެ. އެއީ ކިޔެވުމުގައި ފަރިތަ، ކުޅަދާނަ މީހެއް ކަމުގައި ވިޔަސް، ނުވަތަ އުނދަގުލާއި ދަތިކަމާ އެކު ކިޔަވާން މަސައްކަތްކުރާ މީހެއް ކަމުގައި ވިޔަސް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީސްތަކުން ޖާހިލުކަމުގެ އަނދިރީގައި ވަނިކޮށް، ކީރިތި ރަސޫލާ ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި: ޚުޠުބާޚަބަރު | 4 ދުވަސް ކުރިންހުތުބާ: ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނެ! ޢަމަލުތަކުގެ އަޖުރު ލިބޭނެ ދުވަހަކީ ޤިޔާމަތްދުވަސް!ޚަބަރު | 25 ދުވަސް ކުރިންވަޒީފާ އަކީ އަމާނާތެއް، ވަޒީފާ އަދާކުރުމުގައި އިޚުލާޞްތެރިވާން ޖެހޭ: ހުތުބާޚަބަރު | މަހެއް ކުރިންސިހުރު ނުހެދިޔަސް، އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް: ހުތުބާޚަބަރު | މަހެއް ކުރިން