ކުޑަކުދީންނަށް އެކި އަނިޔާކުރާ މީހުން މި މުޖުތަމަޢުގައި އުޅުމަކީ ހިތާމަހުރިކަމެއް: ހުތުބާ
4 ސެޕްޓެމްބަރު 2026 - 08:22
.webp&w=1920&q=75)
މިފަހަކަށް އައިސް ކުޑަކުދީންނަށް އިހުމާލުވެ، އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައްކުރާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅޭކަމީ ހިތާމް ހުރި ކަމެއް ކަމަށާއި، މި ފަދަ މީހުންގެ ތެރޭގައި އެ ކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ލާޒިމުވާ އެ ކުދީންގެ މައިންބަފައިން ހިމެނޭކަމީ ވަރަށް ހިތާމަހުރި އަދި އެހައިމެ ހިތްދަތިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދެއްކީ "ކުޑަކުދީންގެ ޙައްޤުތައް" މި މައުޟޫ އަށްށެވެ.

Ad by Hajj Corporation
ހުތުބާގައި ވަނީ އަހަރެމެންގެ ތެރެއިން ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއަކީ، އަ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އަދި ކުޑަކުދީންނަކީ އަހަރެމެންގެ ލޮލުގެ ފިނިކަންކަމަށާއި، އެ ކުދީންގެ ހިނިތުންވުންތަކަކީ އިންސާނީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އަދި މޫނުތަކަށް އުޖާލާކަން ގެނެސްދޭ ހިނިތުންވުން ތަކެއް ކަމަށް ވެސް ފާޙަގަކުރިއެވެ. ހަމައެހެންމެ ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއްކަމަށާއި،ހުރިހައި ޙާލެއްގައި، އަދި ހުރިހައި ވަގުތެގައިމެ މި މަތިވެރި އަމާނާތަށް ރައްކައުތެރިވުން މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އަދި ކުޑަކުދީންނަށް ލިބިދޭންވާ ޙިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ ޢާއިލާއެއްގެ ތެރެއިންކަމަށް، އަދި އެފަދަ ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢަކުންކަމުން، ޢާއިލާއެއް ބިނާކުރުމުގައި މާތް ނަބިއްޔާގެ އިރުޝާދުތަކަށް ބޯލަނބުމަށް ހުތުބާގައި ގޮވާލިއެވެ.އަދި ޢާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވުމުން، އެ ކުއްޖާއަށް ރިވެތި ނަމެއް ކިޔުމަކީ، ކުއްޖާގެ ޙައްޤުތަކުގެ ތެރޭގައިވާ ކަމެއް ކަން ވެސް ފާހަގަކުރިއެވެ.
އަދި މި ވޭތުވެގެން މިދާ ހަފުތާގެތެރޭގައި އަހަރެމެންނަށް ލިބުނު ޚަބަރުތަކަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ޚަބަރުތަކެއްކަމަށާއި، މި މައުސޫމު ކުދީންނަށް ހެޔޮ ދަރުމަ މިންވަރުކުރައްވައި އެ ކުދީންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ރަޙުމާނުވަންތަ މާތް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
