logo
MPL

MPL

ޚަބަރު

މުދަލާއި، އަބުރު ރައްކާތެރިކުރުމަށް މި ޤަމުގައި މަސައްކަތްތަކެއް ކުރަން މިހާރު ވަނީ ޖެހިފަ: ހުތުބާ

އައިޝަތު ނަޝާ
5 ޖޫން 2026 - 07:30
 މުދަލާއި، އަބުރު ރައްކާތެރިކުރުމަށް މި ޤަމުގައި މަސައްކަތްތަކެއް ކުރަން މިހާރު ވަނީ ޖެހިފަ: ހުތުބާ

މިއަދު ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާންޖެހޭ ބައެއްކަންތައް އެބަހުރި ކަމަށާއި، ވަކީން ޚާއްޞަކޮށް މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރި ކުރުމަށްޓަކައި މަސައްކަތްތަކެއްކުރަން ޖެހިފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ ޚާއްޞަކޮށްފައިވަނީ "ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މައުޟޫގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ހުތުބާގައި ވަނީ، އަހަރެމެންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިޙުތިރާމްކުރުމާއި ލޮބުވެތިކަމާއި އަމާނާތްތެރިކަމާއި މިފަދަ ރިވެތި ސިފަތަކަކީ އަބަދުވެސް ދަމަހަންޓާން ޖެހޭނޭ ކަންކަން ކަމަށެވެ. އަދި މިއަދު ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް އައިސްފައިވާ ނުރަނގަޅު ބަދަލުތަށް ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ދަމަހައްޓައިގެންކަމަށް ވެސް ހުތުބާ ގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ކޮންމެ މީހަކުވެސް އެ މީހަކަށް  ކުޅަދާނަވީ މިންވަރަކުން، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ. އަދި ޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ،އެމީހެއްގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށް ޓަކައި ކުރެވޭ މަސައްކަތަށް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާ ނިންމާލަމުން ވަނީ،މާތް ﷲގެ ޙަޟުރަތުން ވާގި އެދި ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށް ޓަކައި އެންމެން އަތުގުޅައިލާ،މުޖުތަމަޢުގައި ހުރި، ފަސާދައިގެ ދޮރުތައް ބަންދުކޮށް، މި މުޖުތަމަޢަކީ އަމާން މުޖުތަމަޢެއް ކަމުގައި ހެދުމަށް މަސައްކަތްކުމަށް ގޮވާލާފައެވެ.އަދި މި ކަން ކުރެވޭނީ ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ ފުރިހަމަގޮތުގައި އަދާކޮށްގެންކަން ވެސް ހުތުބާގައި ފާހަގަކުރިއެވެ.

އެއީ މައިންބަފައިން އެ މީހުންގެ ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތުކޮށް، މުދައްރިސުންނާއި އެދުރުން އެ މީހުންގެ ޒިންމާއަދާކޮށް، ނަމޫނާ ބަޔަކަށް ވެގެންކަމަށާއި، މުޖުތަމަޢުގައި ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްބާރުލުން ދީގެން ކަމަށް ބުނެފަިވެއެވެ. އަދި ޤައުމުގެ ދީނީ ޢިލްމުވެރީން މީސްތަކުންނަށް ހެޔޮ ނަސޭހަތާއި އިރުޝާދު ދީ،މުޖުތަމަޢުގައި ތިބި މަސްއޫލުވެރިންނާއި ކަމުވޮށިގެންވާ މީހުން ޤައުމުގެ މަޞްލަޙަތު އިސްކޮށްގެން ކަމަށެވެ.

އަދި މުޖުތަމަޢުގައި ހިމެނޭ ހުރިހައި އަފުރާދުންގެ އެއްބާރުލުން މިކަންކަމަށް ލިބިއްޖެ ނަމަ، މާތް ﷲގެ ވާގިފުޅާ އެކު މި މުޖުތަމަޢަކީ އަމަންއަމާންކަމާއި ރައްކާތެރިކަން ލިބިފައިވާ ތަހުޒީބު މުޖުތަމަޢަކަށް ވާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުދީންނަށް އެކި އަނިޔާކުރާ މީހުން މި މުޖުތަމަޢުގައި އުޅުމަކީ ހިތާމަހުރިކަމެއް: ހުތުބާޚަބަރު | 4 ގަޑިއިރު ކުރިން ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަނާވެދާނެ: ހުތުބާޚަބަރު | 7 ދުވަސް ކުރިންމީސްތަކުން ޖާހިލުކަމުގެ އަނދިރީގައި ވަނިކޮށް، ކީރިތި ރަސޫލާ ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި: ޚުޠުބާޚަބަރު | 14 ދުވަސް ކުރިންހުތުބާ: ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނެ! ޢަމަލުތަކުގެ އަޖުރު ލިބޭނެ ދުވަހަކީ ޤިޔާމަތްދުވަސް!ޚަބަރު | މަހެއް ކުރިން