logo
MPL

MPL

ޚަބަރު

ހެދުން އެޅުމުގެ މަގުސަދު ގެއްލޭގޮތަށް ހެދުން އެޅުން ހުއްޓާލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

މަރިޔަމް މާޙީ
24 އޭޕްރީލު 2026 - 08:59
ހެދުން އެޅުމުގެ މަގުސަދު ގެއްލޭގޮތަށް ހެދުން އެޅުން ހުއްޓާލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހެދުން އެޅުމަށާއި، ހެދުން އެޅުމުގެ އަސްލު މަގްސަދު ގެއްލޭ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުން ހުއްޓާލުމަށް މުޖުތަމައަށް ގޮވާލައިފި އެވެ.

"ސާފުތާހިރުކަމާއި ޒީނަތްތެރިކަން" މި މައުޟޫއަށް ހާއްސަކޮށްގެން އިއްވި މިއަދުގެ ހުތުބާގައި ބުނީ، މިއަދުގެ މުޖުތަމައުން ފެންނަ ހިތާމަވެރި ބައެއް މަންޒަރުތަކަށް ބަލާއިރު، ބައެއް ފަހަރު ނޭނގުމުގެ ތެރެއިން ނަމަވެސް ހެދުން އެޅުމުގައި ބޮޑެތި ކުށްތަކަށް އަރައިގަނެވޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ބުރުގާ އެޅުމުގެ އަސްލު މަގްސަދަކީ އައުރަ ނިވައިކުރުމާއި، އިއްފަތްތެރިވެ އަބުރުވެރިވުން ކަން ފާހަގަކޮށް ހުތުބާގައި ބުނީ، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަ ގޮތަށް ބުރުގާ އެޅުމާއި، ކަނދުރާ ފެންނަ ގޮތަށް ބޮލުގައި ފޮތިކޮޅެއް އޮޅާލުމަކީ ހިޖާބުގެ މަގްސަދު ގެއްލޭ ކަންކަން ކަމަށެވެ.

މީގެ އިތުރުން، ހަށިގަނޑުގެ ވަނާތައް އެނގޭ ފަދަ ގަޔަށް ބާރު ހެދުންލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ގޮތަށް ޒީނަތްތެރިވުމަކީ ޖާހިލީ ޒަމާނުގެ އާދައެއްގެ ގޮތުގައި ހުތުބާގައި ސިފަކުރި އެވެ. ހަމައެފަދައިން، ފިރިހެނުން ވެސް ކުޅިވަރުގެ މައިދާނުގައްޔާއި އެހެނިހެން ތަންތަނުގައި އައުރަ ހާމަނުކުރުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ޒީނަތްތެރިވުމުގެ ނަމުގައި މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިތާނާގެ މަޅިއެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ޓެޓޫ ޖެހުމާއި، ބުމަ ހެދުމާއި، ބުމައިގެ އިސްތަށި އުފުރައި ތުނިކުރުމަކީ މާތް ﷲ ގެ ލައުނަތް ހުރި ކަންކަން ކަމަށެވެ. މިކަމާ ގުޅޭގޮތުން އައިސްފައިވާ ހަދީޘް ބަސްފުޅުތަކަށް އަލިއަޅުވާލަމުން، ރީތިކަން ދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދު ދުރުކުރުމާއި ﷲ ގެ ޚަލްޤު ބަދަލުކުރާ މީހުންނަށް ﷲ ލައުނަތް ލެއްވިކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފާއިރު، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމާއި "ލޭޒާ ޓްރީޓްމަންޓް" ހެދުމުގެ ނަމުގައި، ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށްވެސް މިއަދުގެ ހުތުބާގައި ބުންޏެވެ. މިފަދަ ކަންކަން ހުއްދަވާނީ ހަމައެކަނި ސިއްހީ ފަރުވާއެއް ފަދަ ޟަރޫރީ ހާލަތެއްގައި ކަމަށާއި، ރީތިކަމާއި ސާފުތާހިރުކަން ހޯދަންވާނީ ހަރާމް މަގުތަކުން އެއްކިބާވެ ތިބެގެން ކަމަށް ބުނެ ހުތުބާ ނިންމާލާފައިވެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚުޠުބާ: ނަފުސާނީ ހާސްކަމުން އަރައިގަތުމަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ މާތް ﷲ ހަނދުމަކުރުންޚަބަރު | 4 ދުވަސް ކުރިންހުތުބާ: ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެންޚަބަރު | 11 ދުވަސް ކުރިން ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހޭ: ހުތުބާޚަބަރު | 18 ދުވަސް ކުރިން ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް: ހުތުބާޚަބަރު | 25 ދުވަސް ކުރިން