logo
MPL

MPL

ޚަބަރު

ޞިއްޙަތަކީ ﷲ ދެއްވާފައިވާ ނިޢުމަތަކާއި އަމާނާތެއް - ހުކުރު ޚުޠުބާ

އާދަމް ލަޔާން ކުރިކް ރިޒާއާދަމް ލަޔާން ކުރިކް ރިޒާ
6 ނޮވެމްބަރު 2026 - 04:32
Screenshot
Screenshot

 

މި ހަފުތާގެ ހުކުރު ޚުޠުބާ ގައި ޚާއްޞަކޮށްފައިވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ މުހިންމުކަމާއި، އެއީ ﷲ ތަޢާލާ އިންސާނުންނަށް މިންވަރުކުރައްވާފައިވާ އެންމެ ބޮޑެތި ނިޢުމަތްތަކުގެ ތެރެއިން އެއް ނިޢުމަތްކަން ދެނެގަތުމުގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މިއަދުގެ ޚުޠުބާގައި، ދުޅަހެޔޮ ޞިއްޙަތަކީ ހަމައެކަނި ބަލިމަޑުކަމުން ސަލާމަތްވެ ހުރުން ނޫންކަމަށާއި، އެއީ ކޮންމެ މީހަކުވެސް ﷲ ރުއްސަވާ މަގުގައި ބޭނުންކުރަންޖެހޭ ޒިންމާއެއް އަދި މާތް އަމާނާތެއްކަން ފާހަގަކުރިއެވެ.

 

ކީރިތި ޤުރްއާނުގެ އާޔަތްތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބަޔާންކުރީ، އަޑުއެހުމާއި، ފެނުމާއި، ވިސްނުމުގެ ނިޢުމަތަށް އިންސާނުން ޝުކުރުވެރިވާންޖެހޭނެ ކަމަށާއި، އަދި ހަމައެއާއެކު ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.

 

މީގެއިތުރުން، އަމިއްލަ ހަށިގަނޑަށް ގަސްދުގައި ގެއްލުންދިނުމާއި، އެއްވެސް ބޭނުމެއްނެތި ނުރައްކަލަށް ހުށަހެޅުމާއި، ނުވަތަ ބޭނުންވާ ޞިއްޙީ ފަރުވާ ނުހޯދައި ޞިއްޙަތާމެދު ފަރުވާކުޑަކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަން ޚުޠުބާގައި ވަރަށް ބޮޑަށް ފާހަގަކުރިއެވެ.

  ހަމައެއާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ ދީނީ އަދި އިޖުތިމާޢީ ޒިންމާތައް އަދާކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމުގައި ވެސް ފާހަގަކުރިއެވެ. އޭގެ ތެރޭގައި ނަމާދު ޤާއިމުކުރުމާއި، ދޮށީ އުމުރުގެ މައިންބަފައިންނަށް އެހީތެރިވުމާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމާއި، ޙަލާލު ގޮތުގައި ދިރިއުޅުން ހޯދުން ހިމެނެއެވެ.

 ހުކުރު ޚުޠުބާ ނިންމާލާފައިވަނީ އެންމެހައި ރައްޔިތުންނަށް ދާއިމީ ދުޅަހެޔޮކަމާއި ޢާފިޔަތު މިންވަރުކުރެއްވުމަށާއި، ބަލިމަޑުކަމާއި ވަބާތަކުން ރައްކާތެރިކުރެއްވުމަށާއި، އަދި ދިވެހިރާއްޖެއަށް އަމަންއަމާންކަމާއި، ފާގަތިކަމާއި، ހަމަޖެހުން ދެއްވުން އެދި ދެންނެވި ދުޢާއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙަތަކީ ﷲ ދެއްވާފައިވާ ނިޢުމަތަކާއި އަމާނާތެއް - ހުކުރު ޚުޠުބާޚަބަރު | 4 ގަޑިއިރު ކުރިންޢާއިލާތަކުގެ ގުޅުން ބަދަހިކުރެވޭނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން: ހުކުރު ޚުޠުބާ ޚަބަރު | 7 ދުވަސް ކުރިންދިރިއުޅުމުގެ ހުރިހާ މުޢާމަލާތެއްގައި ރިވެތި އަޚުލާޤު އިސްކުރަންޖެހޭ: ހުތުބާޚަބަރު | 14 ދުވަސް ކުރިންމުސްލިމުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުގެ މައިގަނޑު އެއް މަގުސަދު: ހުކުރު ހުތުބާޚަބަރު | 21 ދުވަސް ކުރިން