ޢާއިލާތަކުގެ ގުޅުން ބަދަހިކުރެވޭނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން: ހުކުރު ޚުޠުބާ
30 އޮކްޓޯބަރު 2026 - 05:50

ޢާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނީ އަހަރުމެންގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން ކަމަށާއި، އެކަން ކުރެވޭނީ ތަރުބިއްޔަތު ކުރަން ތިބި މީހުންނަށް އެކަމުގެ ޤާބިލުކަން ލިބިގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މި ހަފުތާގެ ހުކުރު ޚުޠުބާގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމާއި، ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އަދި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ކުދިންގެ ކިބައިގައި އިސްލާމީ އަގުތަކާއި ރިވެތި އަޚްލާޤު އަށަގެންނެވުމުގައި މައިންބަފައިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރަމުން، "ވަރުގަދަ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ބަދަހިކޮށްގެން" ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެ އެވެ. މީގެއިތުރުން، ތިމާގެ މީހުންނާ އޮންނަ ގުޅުން ދެމެހެއްޓުމުގެ ދީނީ ގޮތުން ބާރުއަޅާ މިންވަރު ޚުޠުބާގައި ފާހަގަ ކޮށްފައިވެ އެވެ.
އަދި ތިމާގެ މީހުންނާ ގުޅުން ކެނޑުމުން ދީނީ ގޮތުން ކުރިމަތިވާނެ ނުރައްކާތެރި ނަތީޖާތަކަށް އިޝާރާތްކޮށް، އާއިލީ ގުޅުންތައް ކަނޑައިނުލުމަށް ޚުޠުބާގައި ގޮވާލާފައިވެ އެވެ.

-01.jpg&w=3840&q=75)
