logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ހުތުބާ

އައިޝަތު ނަޝާ
13 ނޮވެމްބަރު 2026 - 07:40
ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ހުތުބާ

ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށާއި، އަަދި ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނޭކަމާއި ނިޢުމަތްތަކަށް ފުރަގަސްދިން ބަޔަކަށް ގަދަފަދަ ޢަޛާބު ދެއްވާނޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫ އަކީ އަކީ "ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތިމާ ދަތިޙާލުގައި ވަނިކޮށް، ﷲގެ ފަޟުލުވަންތަކަމުން ތަނަވަސްކަންދެއްވިކަން ހަނދާންކޮށް މީހުންނަށް އެ ފަދަ ވާހަކަތައް ކިޔައިދިނުން މުހިންމު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެއީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއްކަމަށް ޢިލްމުވެރީން ބަޔާންކުރައްވައެވެ.

"ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ، ދުންޔަވީ ކަންކަމުގައި ތިބާއަށް ވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ތިބާއަށް މާތް ﷲ ދެއްވި ނިޢުމަތްތަކުގެ މަތިވެރިކަން ވަޒަންކޮށްގެން. އަދި މީސްތަކުން ކޮށްދޭ ހެޔޮކަންކަމަށް ޝުކުރުވެރިވެވިގެން. ހަމައެހެންމެ، އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ނިޢުމަތްތަކަށް ރައްކާތެރިވެގެން" ހުތުބާ

ހުކުރު ޚުޠުބާގައި ވިދާޅުވީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށެވެ. އަދި މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ﷲގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުން ކަމުގައި ވެސް ހުތުބާގައި ވަނީ ބަޔާމް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް: ހުތުބާޚަބަރު | 2 ގަޑިއިރު ކުރިން ޞިއްޙަތަކީ ﷲ ދެއްވާފައިވާ ނިޢުމަތަކާއި އަމާނާތެއް - ހުކުރު ޚުޠުބާޚަބަރު | 7 ދުވަސް ކުރިންޢާއިލާތަކުގެ ގުޅުން ބަދަހިކުރެވޭނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން: ހުކުރު ޚުޠުބާ ޚަބަރު | 14 ދުވަސް ކުރިންދިރިއުޅުމުގެ ހުރިހާ މުޢާމަލާތެއްގައި ރިވެތި އަޚުލާޤު އިސްކުރަންޖެހޭ: ހުތުބާޚަބަރު | 21 ދުވަސް ކުރިން