logo
Bank of Maldives

Bank of Maldives

ޚަބަރު

އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ދިވެހިރާއްޖެ ހޮވިއްޖެ

ނުހާ އަޙްމަދު
27 ސެޕްޓެމްބަރު 2025 - 11:22
އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ދިވެހިރާއްޖެ ހޮވިއްޖެ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުހައްމަދު ޝާފީ، އ.ދ ގެ ކޮމިޓީ އޮފް އެކްސްޕަރޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަމް މެނޭޖްމަންޓް ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީ.) ގެ އެގްޒެކެޓިވް ބޯޑުގެ 2025-2028 ވަނަ ދައުރަށް މިއަދު ދެކުނު ކޮރެއާ ގައި ބޭއްވި ޔޫއެން-ޖީ.ޖީ.އައި.އެމް.އޭ.ޕީ. ގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގައި ހޮވިއްޖެއެވެ.

ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝާފީ ހޮވިވަޑައިގެންފަިވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުންނެވެ. އަދި އާމީނިއާ، އޮސްޓްރޭލިއާ، ފިޖީ، އީރާން، ޖަޕާން، މެލޭޝިއާ، މޮންގޯލިއާ، ޕާކިސްތާން، ރަޝިއާ އަދި ޓޮންގާގެ މަންދޫބުންނާއެކު ގޮނޑި ހޯދާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ދިވެހިރާއްޖެއިން އ.ދ. ގެ ޖީ.ޖީ.އައި.އެމް.އޭ.ޕީ. އެގްޒެކްޓެކިވް ބޯޑުގެ މެމްބަރުކަން އަދާކުރާ ފުރަތަމަ ފަހަރެވެ. އަދި މިއާއެކު ދިވެހިރާއްޖެއިން މި ކޮމިޓީގައި ޖިއޯސްޕޭޝަލް ދާއިރާއިން ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުމަށް އިސްދައުރެއް އަދާކުރާނެއެވެ.

އ.ދ. ގެ ޖީ.ޖީ.އައި.އެމް.އޭ.ޕީ. ގެ އެގްޒެކްޓެކިވް ބޯޑުގައި، ދެ ކޯ-ޗެއަރ އަދި ތިން ވައިސް-ޗެއަރ، ހިމެނޭހެން މުޅިއެކު 15 މެމްބަރުން ހިމެނޭނެއެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިންގައި ރާވުމުގައި އެގްޒެކްޓެކިވް ބޯޑުން އިސް ދައުރެއް އަދާކުރެއެވެ.

އ.ދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. އަކީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގައި ޖިއޯސްޕޭޝަލް މައުލޫމާތު ތަރައްގީކޮށް ބެލެހެއްޓުމުގައި އިސްދައުރެއް އަދާކޮށް، ވިލަރެސްކޮށް އަދި އެހީތެރިވެދޭ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. 56 ގައުމުގެ ހިމެނޭ މި ޖަމުއިއްޔާއަކީ އ.ދ. ގެ ޖީ.ޖީ.އައި.އެމް. ގެ އޮނިގަނޑުގެ ދަށުން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޖަމްޢިއްޔާއެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްބީއައި އިން ޑޮލަރު ލިމިޓު 150 އަށް ދަށް ކުރުމުން ދިމާވާ ދަތިތައް ހައްލު ކުރަނީޚަބަރު | ދުވަހެއް ކުރިންއދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ދިވެހިރާއްޖެ ހޮވިއްޖެޚަބަރު | 21 ދުވަސް ކުރިންއައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފިޚަބަރު | މަހެއް ކުރިންޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީޚަބަރު | 5 މަސް ކުރިން