އެމްޑީޕީ ސަރުކާރުން ވެރިކަމާ ދުރުވީ ޤައުމުގެ ތިޖޫރީގެ ''ފުލުވަތްގަނޑު'' ފެންނަ ވަރުކޮށްފަ: މެމްބަރު މުފީދު
27 ސެޕްޓެމްބަރު 2025 - 16:19

އެމްޑީޕީ ސަރުކާރުން ވެރިކަމުގެ ދައުރު ނިންމާފައި ދިޔައީ ،ދެން އަންނަ ވެރިއަކަށް ޤައުމަށް އެއްވެސް މަސައްކަތެއް ނުކޮށްދެވޭނެވަރަށް، ޤައުމުގެ ތިޖޫރީގެ "ފުލުވަތްގަނޑު" ފެންނަ ވަރުކޮށްފައި ކަމަށް ރައްޔިތުންގެ މަޖިހީހުގެ ށ.މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ޤާދިރު ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ މެންދުރު ޓީވީން ގެނެސްދޭ އެކްސްކްލުއިސިވް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
އެމްޑީޕީގެ ވެރިކަމުގައި، ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގާފައިވާ 2.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭގޮތުން މުހިންމު ވާހަކަފުޅުތަކެއް މެމްބަރު މުފީދު ވަނީ ހިއްސާކުރައްވާފައެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ވައްކަމާއި ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވި ކަމަށާއި ކޮންމެ ފަހަރަކު ވެސް ޤައުމުގެ އިޤްތިސާދު ނަގާ ކޮޅަށް ޖަހާ،ޤައުމުގެ ކަންތައްތައް ހައްލުކޮށް އަދި އިޖްތިމާއީ ފޭރާން ހަަރުދަނާކުރެވެނީ ޕީއެންސީ ފިކުރުގެ ވެރިކަމެއް އައިސްގެން ކަމަށެވެ.
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ބޮޑު ޚިޔާނާތުގެ އޮޑިޓް ރިޕޯޓަށް އަލިއަޅުވާލާ މެމްބަރު އިތުރަށް ވިދާޅުވީ، ކުރީސަރުކާރުން ވެރިކަމުން ފައިބައިގެން ދިޔައީ ޤައުމު އެއްކޮށް "ލޫޓުވާލާފައި" ކަމަށާއި، މި ސަރުކާރުން ޤައުމު ޅޫޓުވާލައިފި ކަމަށް އަދި ހައްޤުތަށް ނިގުލާލައިފިލަ،ަށް ބުނެ ދޮގު ހަދައި ވާހަކަ ދެއްކުމުގެ ފުރުސަތު އެމްޑީޕީއަށް ނޯންނާނެ ކަމަށެވެ.
ކުރީ ސަރުކާރުން ރަށްރަށުގައި ފެނަކައިގެ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ކެއުމާއި ބުއިމަށް ހަރަދުކޮށްފައި ހުރީ ރައްޔިތުން ސިއްސައިގެންދާ ވަރު ބޮޑު އަދަދުތަކަކުން ކަމަށާއި،މުޅި ޖުމްލަ 14 މިލިއަން ރުފިޔާ ހަމައެކަނި މިކަމަށް ހަރަދު ކޮށްފައި ވާކަމަށް އޮޑިޓް ރިޕޯޓުތަކުންދައްކާކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
މިއީ ދައުލަތުގެ ކުންފުންޏަކުން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަންކަން ފާހަގަކުރައްވާ މެމްބަރު އިތުރަށް ވިދާޅުވީ، ފެނަކައިގެ މި ޚިޔާނާތް، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެފްޕީއައިޑީގެ ޚިޔާނާތަށް ވުރެ ވެސް ބޮޑުކަމަށެވެ.
އެހެން ކަމުން އެމްޑީޕީ ވެރިކަމުގައި 2018 ން 2023 ށް ހިންގި ވައްކަމާ ޚިޔާނާތް، މި ވޭތުވި 100 އަހަރު ފަޅާއެރި އެހެން ޚިޔާނާތްތަކާ ނުބައްދަލު ވަރަށް ބޮޑުވާނެކަން ބެލެވެއެވެ.
ފެނަކައިގެ ޚިޔާނާތުގެ މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކުރުމަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.