logo
Bank of Maldives

Bank of Maldives

ޚަބަރު

މި އުޅެނީ ދިވެހީންގެ ރާއްޖެއެއްގެ ތަސައްވަރު ގެނެސް، ކުލަވަރު ޖައްސަން: ހަސަން މުފީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
7 އޮކްޓޯބަރު 2025 - 10:23
މި އުޅެނީ ދިވެހީންގެ ރާއްޖެއެއްގެ ތަސައްވަރު ގެނެސް، ކުލަވަރު ޖައްސަން: ހަސަން މުފީދު

 މަސައްކަތްކުރަމުން ދަނީ ދިވެހީންގެ ރާއްޖެއެއްގެ ތަސައްވަރު ގެނެސް، ކުލަވަރު ޖައްސުވައިދޭންކަމަށް މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބުދުލްގާދިރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ރީ-އެމްޕްލޯއިމަންޓްގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ހަސަން މުފީދު ވަނީ މި ބިލަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ހެޔޮ ވެރިކަމުގެ މިސާލެއްގެ ގޮތުގައި ފާހަގަކުރަށްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ވިދާޅުވީ، މިފަދަ ގާނޫނެއް ވުޖޫދުވުމުން ވަޒީފާގެ ޙައްޤުތަކާއި، ވަޒީފާއަދާކުރުމުގައި ހިނގާނެ އުސޫލްތަކަށް ބަލާއިރު ރ-ީ އެމްޕްލޯއިމަންޓްގެ ދަށުން ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކަށް ވެސް ވަޒީފާއާ ބެހޭ ގާނޫން ކަނޑައަޅާފައިވާ އަސާސީ ޙައްޤުތައް ލިބިގެންދާނެކަމަށެވެ.

''ދަންނަވާނީ ދިވެހިރާއްޖެއަށް މި އުޅެނީ އަޅުގަނޑުމެން ދިވެހީންގެ ރާއްޖެއެއްގެ ތަސައްވަރު ގެނެސް، ކުލަވަރު ޖައްސަން، މިކަމާ ދޭތެރޭގައި ވިސްނާ ފިކުރު ކުރާއިރުގައި އަޅުގަނޑުމެން މިއަދު ދިވެހީންގެ ރައްޖޭގެ ދިވެހީންގެ ރާއްޖޭގެ ސްޕީޑު މިހިރީ އަޅުގަނޑ މެން ދިވެހިން އެދޭގޮތަށް،'' ހަސަން މުފީދު ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވީ އެ ބިލުގައި ރ-ީއެމްޕްލޯއިމަންޓް އުސޫލުން ވަޒީފާއަދާކުރާ ފަރާތްތަކުގެ މައްޗަށް ވަކި ޚާއްސަ އުސޫލު ތަކެއް ހިނގާނެކަމަށެވެ. މިގޮތުން އެ
ފަރާތްތައް ވަކި މުއްދަތަކަށް ނުވަތަ ވަކި ޕްރޮޖެކްޓް ތަކަކަށް ހަމަޖެއްސިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އެފަދަ ފަރާތްތަކަށް ފަހިކޮށްދެވޭ ވަރަށް ފަހި ފުރުސަތެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށްޚަބަރު | ދުވަހެއް ކުރިންފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުތައް މަޖިލީހުން ފާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންޓްރޭޑްމާކް ބިލު މަޖިލީހުން ފާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންބަޖެޓް ބަހުސް ފަށައިފި ޚަބަރު | 5 ދުވަސް ކުރިން