logo
MPL

MPL

ޚަބަރު

ދީނާ ހިލާފު އެއްވެސް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ފުރުސަތެއް ނުދެއްވާނެ: މުފީދު

އަޙުމަދު ރިޝާން
3 އޮކްޓޯބަރު 2026 - 12:09
 ދީނާ ހިލާފު އެއްވެސް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ފުރުސަތެއް ނުދެއްވާނެ: މުފީދު

މެޖޯރިޓީ ދިވެހިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް އިތުބާރުކުރާ ކަމަށާއި ދީނާ ހިލާފު އެއްވެސް ކަމަކަށް އެމަނިކުފާނު ފުރުސަތު ނުދެއްވާ ކަމަށް ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެ އެވެ.

މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުފީދު ވިދާޅުވީ އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ އަށް އެތެރެ ނުވެވޭގޮތަށް ނިންމަންކެރުނު ހަމައެކަނި ރައީސް އަކީ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ގެއްލުންވާނެފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވެސް މުފީދު ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުފީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އީގަލް ހިލްސް މަޝްރޫއު ފެއިލްކޮށްލަން ބޭނުންވަނީ އެ މަޝްރުއޫ ރާއްޖޭގައި ހިންގައިފިއްޔާ އެ ފަރާތްތަކަށް ވެރިކަމަށް ދެން ނާދެވޭނެ ކަމުގެ ބިރު ހީވެގެން ކަމަށެވެ.

 އިދިކޮޅު ފަރާތްތަކުން ދިވެހި ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއްވީ ނަމަވެސް ފަރުވާލެއް ނެތް ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި ބަސްމަގު ތަރުތީބު ކުރަމުންދާ ކަމަށް ވެސް މުފީދު ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ތަފާތަކީ ދިވެހި ރައްޔިތުންގެ ފައިދާއާ ލާބައަށް ކަންކަން ތަރުތީބުކުރުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބްރިޖާއި ބޯހިޔާވަހިކަމާއެކު މި ބަޖެޓުން ގެނެސްދޭނީ ރައްޔިތުން އެދޭ އުފާވެރިކަން: މުފީދުޚަބަރު | ގަޑިއިރެއް ކުރިންފިތުނަ އުފައްދަން ކިތަންމެ ވާހަކައެއް ދެއްކިޔަސް އިދިކޮޅަށް ރައްޔިތުންނެއް ނުހެއްލޭނެ: މުފީދުޚަބަރު | މަހެއް ކުރިން ދީނާ ހިލާފު އެއްވެސް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ފުރުސަތެއް ނުދެއްވާނެ: މުފީދުޚަބަރު | 2 މަސް ކުރިންބަޔަކު ވާދަވެރިކަމުގައި ބުއްދި ފިލައިގެން ގޮސް ދައްކާ ވާހަކަތަކަށް ރިއެކްޓްކުރުމުގެ ބޭނުމެއް ނެތް: ހަސަން މުފީދުޚަބަރު | 3 މަސް ކުރިން