logo
MPL

MPL

ޚަބަރު

ތިލަމާލެ ބްރިޖާއި ބޯހިޔާވަހިކަމާއެކު މި ބަޖެޓުން ގެނެސްދޭނީ ރައްޔިތުން އެދޭ އުފާވެރިކަން: މުފީދު

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ނޮވެމްބަރު 2026 - 19:06
ތިލަމާލެ ބްރިޖާއި ބޯހިޔާވަހިކަމާއެކު މި ބަޖެޓުން ގެނެސްދޭނީ ރައްޔިތުން އެދޭ އުފާވެރިކަން: މުފީދު

އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ރައްޔިތުން އެދޭ އުއްމީދުތައް ހާސިލުކޮށްދީ، ގައުމަށް އުފާވެރިކަން ގެނެސްދޭނެ ފުރިހަމަ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މުފީދު ވިދާޅުވީ، މިއީ ސަރުކާރުން ގަދައަޅައި މަސައްކަތްކޮށްގެން ރައްޔިތުންގެ ހައްގުގައި ކަންކަން ހާސިލުކޮށްދިނުމަށް އެކުލަވައިލާފައިވާ އުއްމީދީ ބަޖެޓެއް ކަމަށެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް 10.5 ބިލިއަން ރުފިޔާ އަދި އިޖުތިމާއީ ރައްކާތެރިކަމަށް 4.0 ބިލިއަން ރުފިޔާ ހިމަނާފައިވުމަކީ ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ދިރިއުޅުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީގެ ގޮތުގައި 213 މިލިއަން ރުފިޔާ އަދި 65 އަހަރުން މަތީގެ މީހުންގެ އެލަވަންސަށް 1,642 މިލިއަން ރުފިޔާ މި ބަޖެޓުގައި ކަނޑައަޅާފައިވާކަން ވެސް މުފީދު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އިގުތިސާދީ އަދި ސިނާއީ ތަރައްގީއަށް 9.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން މުފީދު ވިދާޅުވީ، ވޭތުވެދިޔަ ދައުރުގައި މަސްވެރިކަން ވަޅުޖެހި ހަލާކުވެގެން ދިޔަ ނަމަވެސް، މި ސަރުކާރުގެ ބަޖެޓުގައި އެ ސިނާއަތަށް 657 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިހާރު ވެސް މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެމުންދާ ކަމަށާއި، މިއީ މަސްވެރިން ކުރި އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދަތުރުފަތުރާއި އަސާސީ ޚިދުމަތްތަކަށް 770 މިލިއަން ރުފިޔާ އަދި އިންޑައިރެކްޓް ސަބްސިޑީޒްގެ ގޮތުގައި 4,693 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ތަރައްގީއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މުފީދު ވިދާޅުވީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ (ތިލަމާލެ ބްރިޖް) މަޝްރޫއު ކުރިން އޮތީ ހުއްޓި، ވީރާނާވާ ހިސާބުގައި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި އެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް މި ބަޖެޓުން 941 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. މިއީ އަންނަން އޮތް ޖީލުތަކަށް ލާބަޔާއި މަންފާ ލިބިގެންދާނެ އަދި ދިވެހި ރައްޔިތުންނަށް ހަގީގީ އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމާއި އެހެނިހެން ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން މުފީދު ވިދާޅުވީ، ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ޚިދުމަތްތަކަށް 3.0 ބިލިއަން ރުފިޔާ އަދި ހައުސިންގ ސްކީމް ފަންޑަށް 750 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް 1.5 ބިލިއަން ރުފިޔާ، ދިފާއީ ކަންކަމާއި އަދުލު އިންސާފާއި އަމަންއަމާންކަން ދެމެހެއްޓުމަށް 8.2 ބިލިއަން ރުފިޔާ، އިޖުތިމާއީ އަދި ދީނީ ޚިދުމަތްތަކަށް 6.7 ބިލިއަން ރުފިޔާ އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

މުފީދު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހަގީގަތާ އެއްގޮތަށް، ކަންކަން ހާސިލުކުރުމުގެ އިޚްލާސްތެރި ނިޔަތުގައި ކަމަށާއި، މިއީ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށްދީ ގައުމު އާރާސްތުކުރާނެ ބަޖެޓެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިލަމާލެ ބްރިޖާއި ބޯހިޔާވަހިކަމާއެކު މި ބަޖެޓުން ގެނެސްދޭނީ ރައްޔިތުން އެދޭ އުފާވެރިކަން: މުފީދުޚަބަރު | 37 މިނިޓު ކުރިންފިތުނަ އުފައްދަން ކިތަންމެ ވާހަކައެއް ދެއްކިޔަސް އިދިކޮޅަށް ރައްޔިތުންނެއް ނުހެއްލޭނެ: މުފީދުޚަބަރު | މަހެއް ކުރިން ދީނާ ހިލާފު އެއްވެސް ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ފުރުސަތެއް ނުދެއްވާނެ: މުފީދުޚަބަރު | 2 މަސް ކުރިންބަޔަކު ވާދަވެރިކަމުގައި ބުއްދި ފިލައިގެން ގޮސް ދައްކާ ވާހަކަތަކަށް ރިއެކްޓްކުރުމުގެ ބޭނުމެއް ނެތް: ހަސަން މުފީދުޚަބަރު | 3 މަސް ކުރިން