logo
Bank of Maldives

Bank of Maldives

ޚަބަރު

އެފްޑީސީއިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފަށައިފި

އައިޝަތު ނަޝާ
28 ސެޕްޓެމްބަރު 2025 - 12:59
އެފްޑީސީއިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް  ފަށައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

އެގޮތުން މިއަދު އަމާން އުދަރެސް ޓަވަރު 14ގައި ބޭއްވި ރަސްމިއްޔާތުގައި، ޓަވަރަށް އާބާދުވާ އެންމެ ފުރަތަމަ ފަރާތަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ތަޅުދަނޑި ހަވާލުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތަކީ ދިވެހި ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތުގައި ހާސިލްކުރެވުނު ބޮޑު ކާމިޔާބީއެއް ކަމުގައިވާއިރު،އެ ކޯޕަރޭޝަނުން ތަރައްޤީކުރި ހައުސިންގ ޔުނިޓުތަކުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވި އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ އިތުރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ތަޅުދަނޑި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ "އަމާން އަތްމަތީ ފޮތް" ވެސް އިފްތިތާޙު ކުރައްވާފައެވެ. އަތްމަތީ ފޮތުގެ ޒަރިއްޔާއިން އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުހިންމު އަދި އަގުހުރި އެތައް މަޢުލޫމާތުތަކެއް ލިބިގެންދާއިރު، ޔުނިޓު ހަވާލުކުރުމާއި، އިމާރާތް ބޭނުންކުރުމުގެ އުސޫލުތައް އެފްޑީސީގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށްވެް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި އެފްޑީސީގެ "އޮންލައިން ޕޯޓަލް" މެދުވެރިކޮށް އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާ ކުރިއަށް ގެންދެވުނު އުސޫލުން، ތަޅުދަނޑި ހަވާލުކުރުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ވެސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ އެ ކޯޕަރޭޝަނުން ހަމަޖައްސާފައެވެ. މި ނިޒާމުގެ ސަބަބުން ޚިދުމަތް ލިބިގަތުމުގެ މަރުޙަލާތައް އިތުރަށް ހަރުދަނާވެ ވަގުތާއި ވަސީލަތްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގުފަހިވެގެންދާނެ ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ވިދާޅުވެފައެވެ.

 

ތަޅުދަނޑި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ކޯޕަރޭޝަނުން ފަށައިފައިވާއިރު އެންމެ ފުރަތަމަ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓު ލިބުނު ފަރާތްތަކަށެވެ. މި މަސައްކަތް ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 16:00 އާ ދެމެދުއެވެ. ތަޅުދަނޑި ހަވާލުކުރުމުގެ މަރުޙަލާ އަދި ހަވާލުކުރާ ދުވަސް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަންގަމުންދާނެއެވެ.

 

އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ބޮޑެތި ތަކެއްޗާއި ފަރުނީޗަރު އެރުވުމަށް ޚާއްޞަ އިންތިޒާމެއް މި ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ. މި ޚިދުމަތް ލިބިގަތުމަށްޓަކައި، މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ކުރިއާލާ ބުކިންގ ހެދުމުގެ ފުރުސަތުވެސް ހުޅުވާލެވިގެންދާނެއެވެ. މިގޮތުން، އިމާރާތުގައި ތަކެތި ބެހެއްޓުމަށް ޚާއްޞަކުރެވިފައިވާ ޖާގަ ބުކްކުރެއްވުމަށްފަހު، އެ ސަރަޙައްދުގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުޙަލާ މިގޮތަށް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ، ޢާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު، ޓަވަރުގެ އާންމު ސަރަޙައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުޙަލާ ފުރިހަމަކުރުމެވެ.

 

އެ ކޯޕަރޭޝަންގެ ތަސައްވަރަކީ، ރާއްޖޭގެ ސޯޝަލް ހައުސިންގ ވަކި ސްޓޭންޑަޑެއްގައި ހިފަހައްޓާ، ހައުސިންގ މަޝްރޫޢުތައް ވަކި އަތޮޅެއް، ރަށެއް އިސްތިސްނާ ނުވާހެން މުޅިރާއްޖެއަށް ފުޅާކުރުމެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެތައް ބަޔަކު ބޯހިޔާވަހިކަމަށް ސަލާންޖަހަނިކޮށް ފްލެޓް ލިބުނު މީހުން ކުއްޔަށް، ފިޔަވަޅު އަޅާނެ!ޚަބަރު | 11 ދުވަސް ކުރިންއެފްޑީސީއިން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 24 ދުވަސް ކުރިންގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 588 މީހަކު ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފިޚަބަރު | މަހެއް ކުރިންގެދޮރުވެރިޔާ ސްކީމް: 3119 އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިން