logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

މިހާތަނަށް 3600 އަށް ވުރެ ގިނަ ފްލެޓުގެ ތަޅުދަނޑި ހަވާލުކޮށްފިން: ޝަކީލް

އައިޝަތު ނަޝާ
15 ފެބްރުއަރީ 2026 - 08:06
 މިހާތަނަށް 3600 އަށް ވުރެ ގިނަ ފްލެޓުގެ ތަޅުދަނޑި ހަވާލުކޮށްފިން: ޝަކީލް

ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން މިހާތަނަށް 3600 އަށް ވުރެ ގިނަ ފްލެޓު ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ މި މަޝްރޫޢުގައި ހިމެނެނީ 16 ފަންގިފިލާގެ 32 ޓަވަރެވެ. މީގެ ތެރޭގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ހުރިހާ ފްލެޓުތަކެއް ހަވާލުކޮށް ނިންމުމެވެ.

މި މަސައްކަތުގެ ދަށުން، ފްލެޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ގުޅައި، އެ ތަންތަނަށް ބަދަލުވާ ފަރާތްތަކަށް ބޭނުންވާ އަސާސީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެފްޑީސީން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

މި މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިހާތަނަށް 3600 އަށް ވުރެ ގިނަ ފްލެޓުގެ ތަޅުދަނޑި ހަވާލުކޮށްފިން: ޝަކީލްޚަބަރު | 2 ގަޑިއިރު ކުރިންގޯތީގެ މައްސަލަ ހައްލުކުރުމަށް ދައުރު ނިމެންދެން މަޑެއް ނުކުރާނަން: ރައީސްޚަބަރު | މަހެއް ކުރިންއެފްޑީސީން 1055 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންފަހި ފްލެޓްތައް ހަވާލުކުރުން އަވަސްކޮށް މިރޭ ޕޯޓަލް އިން އަންގަން ފަށަނީޚަބަރު | 2 މަސް ކުރިން