މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 46 އެކްސިޑެންޓު ހިނގި
29 ސެޕްޓެމްބަރު 2025 - 04:06

މިދިޔަ ހަފުތާގައި މާލެއާއި ސިނަމާލެ ބުރިޖުގައި 46 އެކްސިޑެންޓު ހިނގައިފައި ވާ ކަމަށް ފުލުހުންގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މިމަހުގެ 21 އިން 27 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހިނގި އެކްސިޑެންޓްތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި 46 އެކްސިޑެންޓް ހިނގާފައިވާއިރު އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ 21ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ވަނީ 10 އެކްސިޑެންޓެއް ހިނގާފައެވެ. އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ 26 ވަނަ ދުވަހުއެވެ. އެދުވަހުު 4 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓްތަކުގައި ހިމެނޭ މީހުންގެ ތެރެއިން 7 އިންސައްތަ މީހުންނަށް ސީރިއަސް އަނިޔާތައް ވަނީ ވެފައެވެ. އަދި މި އެކްސިޑެންޓްތަކުގައި 93 އިންސައްތަ މީހުންނަށް އަނިޔާވެފައިވާކަމަށްވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެކްސިޑެންޓްތަކުގައި ހިމެނޭ 80 އިންސައްތަ އުޅަނދަކަށް ވަނީ ގެއްލުން ލިބިފައެވެ.އަދި އެކްސިޑެންޓްތަކުގެ ތެރެއިން 29 އެކްސިޑެންޓް ހިނގާފައިވަނީ ދުވާލު ވަގުތުއެވެ. އެއީ 63 އިންސައްތަ އެވެ. 17 އެކްސިޑެންޓެއް ހިނގާފައިވަނީ ރޭގަނޑުގެ ވަގުތުގައެވެ. އެއީ 37 އިންސައްތަ އެވެ.

Ad by Hajj Corporation
ބުރިޖުގައި ހިންގައިފައިވަނީ ހަތް އެކްސިޑެންޓެވެ.އަދި ބާކީ 39 އެކްސިޑެންޓު ހިނގާފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ.އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ދުއްވުމުގެ ތެރޭގައެވެ. އެގޮތުން 2 ސައިކަލު ޖެހިގެން 8 އެކްސިޑެންޓު ހިންގައިފައިވާއިރު، ސައިކަލާއި ކާރު ޖެހިގެން 11 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
އާންމުގޮތެއްގައި އެކްސިޑެންޓްތައް ހިނގަން ދިމާވަނީ ދުއްވަންޖެހޭ ސްޕީޑަށްވުރެ ބާރު ސްޕީޑްގައި ސައިކަލު ދުއްވައިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން ސްޕީޑް ލިމިޓްއަށްވުރެ ބާރަށް ނުދުއްވުމާއި އަދި އޯވަރޓޭކް ނުކުރުމަށް ފުލުހުން އަބަދުވެސް ދަނީ ނަސޭހަތްތެރިވަމުންނެވެ.