logo
Bank of Maldives

Bank of Maldives

ޚަބަރު

ފެނަކައިގެ ކޮރަޕްޝަން ހިންގީ އޯވަރ ނައިޓަކުންނޫން، ރައީސް ސާލިހަށްވެސް ފިޔަވަޅު އެޅެންވާނެ: ވަޒީރު ރާފިޢު

އާމިނަތު ޝަފާ
29 ސެޕްޓެމްބަރު 2025 - 06:03
ފެނަކައިގެ ކޮރަޕްޝަން ހިންގީ އޯވަރ ނައިޓަކުންނޫން، ރައީސް ސާލިހަށްވެސް ފިޔަވަޅު އެޅެންވާނެ: ވަޒީރު ރާފިޢު

އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ ކޮރަޕްޝަން ހިންގާފައިވަނީ އޯވަރ ނައިޓަކުންނޫންކަމަށާއި އެ މައްސަލައިގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މައްޗަށްވެސް ފިޔަވަޅު އެޅެންވާނެކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

 މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމުގައި ފެނަކަ ލޫޓުވާލައި ގައުމުގައި ހިންގި އެންމެ ބޮޑު ވައްކަމުގެ މައުޟޫއަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ހަމައެކަނި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުއާ ހަމައިން މި ކޮރަޕްޝަންގެ ވާހަކަ ނުނިމޭނެކަމަށެވެ. އަދި މިކަމުގައި ސާމިލުވާ އެމްޑީޕީ ސަރުކާރުގެ ހުރިހާ އެންމެން ގާނޫނުގެ ކުރިމައްޗަށް ގެނެސް ރައްޔިތުންނަށް ގެއްލުނު ފައިސާ އަލުން އަނބުރާ ހޯދެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ މި ވައްކަމަކީ އޯވަރނައިޓަކުން ކޮށްފައިވާ ކަމެއް ނޫންކަމަށާއި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ނޭނގި ފެނަކައިން މިވަރުގެ ވައްކަމެއް ކުރެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

" މިއީ އޯވަރނައިޓަކުން ކޮށްފައިވާ ކަމެއް ނޫން. މިއީ އެތައް ދުވަހެއްގެ މަސައްކަތް . މިއީ ގައުމެއްގެ ވެރިއަކަށް ނޭނގި އޮވެދާނެކަމެއް ނޫން. ގައުމުގެ ބަޖެޓަށް ވެސް މީގެން އެބަ ލޮޅުން އާދޭ. ގިނަ ކަންކަން ކޮށްފައިވެސް ހުރީ ބިޑަކަށްވެސް ނުލާ. " ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު

ފެނަކައިގެ ބޮޑު ހިޔާނާތުގައި އޭރުގެ އެމްޑީޕީ ސަރުކާރުގެ އިސް ގިނަ ފަރާތްތަކެއްގެ ބައިވެރިވުން އޮންނާނެކަމަށް ރައްޔިތުންދަނީ ތުހުމަތުކުރަމުންނެވެ. އެކަމާ ގުޅިގެން ވަޒީރު ވަނީ ކޮންމެ ލެވެލްއަކުންވިޔަސް މި ހިޔާނާތުގައި ބައިވެރިވި ކޮންމެ މީހަކަށް ފިޔަވަޅު އެޅެންޖެހޭނެކަމަށް ވިދާޅުވެފައެވެ.

ވަޒީރު މިފަދައިން ވިދާޅުވިއިރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ސައީދު ހުންނެވި ދުވަސްވަރު ހިންގި ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވުޒާރާގެ ޚަރަަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ: ވަޒީރު ރާފިޢުޚަބަރު | 21 ދުވަސް ކުރިންފެނަކައިގެ ކޮރަޕްޝަން ހިންގީ އޯވަރ ނައިޓަކުންނޫން، ރައީސް ސާލިހަށްވެސް ފިޔަވަޅު އެޅެންވާނެ: ވަޒީރު ރާފިޢުޚަބަރު | 22 ދުވަސް ކުރިންވަޒީރު ރާފިޢު، ނައިފަރު އޯޕަން 2025 ބެޑްމިންޓަން މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވައިފިކުޅިވަރު | 3 މަސް ކުރިންދައުލަތުން ހަރަދުކޮށްގެން ފަށާފަހުރި މަޝްރޫއަތައް ނިންމާނަންޚަބަރު | 3 މަސް ކުރިން