logo
Bank of Maldives

Bank of Maldives

ޚަބަރު

ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެއްޗާއެކު ތިން ބެއިން ހައްޔަރުކޮށްފި

އައިމިނަތު މޫސާ
29 ސެޕްޓެމްބަރު 2025 - 10:02
ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެއްޗާއެކު ތިން ބެއިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެއްޗާއިއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ލ. މާބައިދޫ / ޝޭޑީކޯނަރ، 32 އަހަރުގެ ނަޝްވާން މުޙައްމަދާއި، 25 އަހަރުގެ ނަޙުޒާން މުޙައްމަދުގެ އިތުރުން 22 އަހަރުގެ ނަބުހާން މުޙައްމަދެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ބަލައިފާސްކުރި އެޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 1،11،880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވެއެވެެ.

ފުލުހުން ބުނީ އިއްޔެ ހަތަރު މީހަކަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓު ބަލައިފާސްކުރި ކަމަށެވެ.

ކަސްޓަމަސްއާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝްވާން މުޙައްމަދާއި ނަޙުޒާން މުޙައްމަދު ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އަދި ނަބުހާން މުޙައްމަދު ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިޔަވަމުން ދިޔަ ލޯންޗެއްގައި ތިބި އެންމެން ސަލާމަތްކޮށް އަނބުރައި މާލެ ގެނެސްފިޚަބަރު | 16 ގަޑިއިރު ކުރިން ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހާ ފެނުނީ މަރުވެފައި އޮއްވާ!ޚަބަރު | 4 ދުވަސް ކުރިންހުޅުމާލެ ފަޅުތެރެއަށް ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 4 ދުވަސް ކުރިންހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީޚަބަރު | 5 ދުވަސް ކުރިން