logo
MPL

MPL

ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް މާދަމާ އިސްރަށްވެހިންގެ ހަވީރެއް ބާއްވަނީ

އައިޝަތު ނަޝާއައިޝަތު ނަޝާ
30 ސެޕްޓެމްބަރު 2025 - 05:16
 އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް މާދަމާ އިސްރަށްވެހިންގެ ހަވީރެއް ބާއްވަނީ

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، އެޗްޑީސީ، އުރީދޫ އަދި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން 'އިސްރަށްވެހިންގެ ހަވީރު' ގެ ނަމުގައި ވަރަށް ޚާއްސަ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާތަކާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި ހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 16:30 ގައި ހުޅުމާލެ ފޭސް-2 'ރުއްގަނޑު 3' ސަރަހައްދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަވީރުގައި، އުމުރުން ދުވަސްވީ މީހުންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް އުފާވެރި ހިތްހަމަޖެހޭ މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ގޮތުން، އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، މި ވުޒާރާގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ފަރާތުން ވެސް ތަފާތު ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައް ތައްޔާރުކުރެވިފައި ހުންނާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަުއލޫމާތުދެއެވެ.

ހިތްހަމަޖެހޭ، އެކުވެރި މާޙައުލެއްގައި، ޢާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ދެވޭނެ ވަރަށް އަގުހުރި ހަދިޔާއެކެވެ. އެހެންކަމުން، ޢާއިލާގެ އުމުރުން ދުވަސްވީ ފަރާތްތަކާއެކު ވީހާވެސް ގިނަ ފަރާތްތައް މި ހަވީރުގައި ބައިވެރިވުމަށް ވުޒާރާއިން އެދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޮށި އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެޚަބަރު | 4 ގަޑިއިރު ކުރިންކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު އަތުލައިގެންފިޚަބަރު | 8 ގަޑިއިރު ކުރިންމާލޭގެ އެޕާޓްމަންޓަކަށް ވަދެ ވަޅިން ބިރުދައްކައި ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންމަގުމަތީގެ ބިރުވެރިކަން ނައްތާލަން ފުލުހުން ފެށި މަސައްކަތް: ނުރައްކާތެރިކޮށް ދުއްވި އިތުރު 4 މީހަކު ހާޒިރުކޮށްފިޚަބަރު | ދުވަހެއް ކުރިން