logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއިން ޗައިނާއަށް ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސާދޭނެކަމުގެ ޔަގީންކަން

އާމިނަތު ޝަފާ
1 އޮކްޓޯބަރު 2025 - 10:59
ރާއްޖެއިން ޗައިނާއަށް ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސާދޭނެކަމުގެ ޔަގީންކަން

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ނިމިފައިވާކަމަށާއި ލޯނުތައް ދެއްކުމަށް ރާއްޖެއަށް ލުއިގޮތްތަކެއް ހަމަޖެހިގެން ގޮސްފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ، ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރުވަނީ ރައީސް މުއިއްޒުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ. އަދި ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ދެއްކުމަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ބޭއްވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދަރަންޏަށް ލުއި ގޮތްތަކެއް ހަމަޖެހިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ މި ލޯނުތައް ދެއްކުމަށް ރާއްޖެއަށް ދިން ލުޔަކީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް ޗައިނާ ސައރުކާރުންދިން ސަޕޯޓެއްކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ސަފީރުވަނީ ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ސަފީރުވަނީ ޗައިނާގެ އެހީގައި ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދެއްވާފައެވެ. އެގޮތުން ވިލިމާލޭގައި ގާއިމުކުރާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަސައްކަތާއި 50 ކައުންސިލް އިދާރާ އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނިތައް ދެއްކުމަށް ލުއިގޮތްތަކެއް ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މިދިޔަ އަހަރު  ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ރައީސް ވަނީ ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސް އަހަރުތެރޭ ވީހާ ވެސް ލުއި ގޮތްތަކެއް ހޯދައިދޭނެ ކަމަށް ދެ ގައުމުގެ ދެމެދު އެއްބަސްވެފައިވާ ކަމަށާއި އެކަމާ ގުޅިގެން މަޝްވަރާތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.

2024 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުން ފޫބައްދަން ޗައިނާއިން 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީޚަބަރު | 3 މަސް ކުރިންޕީޖީ އާއި ޗައިނާގެ ޕްރޮސެކިއުޓޯރަލް ވަފުދާ ދެމެދު މުހިންމު މަޝްވަރާތަކެއްޚަބަރު | 4 މަސް ކުރިން ޗައިނާ ސަފީރުގެ ''ހިތް'' މިފަހަރު ބައިސްކޯފުގެ ދާރުލްއާސާރަށްޚަބަރު | 5 މަސް ކުރިންރާއްޖެއިން ޗައިނާއަށް ދަރަނި ދެއްކުމުގައި ލުއިގޮތްތަކެއް ހަމަޖައްސާދޭނެކަމުގެ ޔަގީންކަން ޚަބަރު | 5 މަސް ކުރިން