logo
Bank of Maldives

Bank of Maldives

ޚަބަރު

ވެރިކަން ވައްޓާލަން ނުކުތުމުގެ ރެކޯޑު އޮތް އިމްރާންއަށް ޝެއިހް މުޖުތަބާގެ ސުވާލެއް

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2025 - 11:39
ވެރިކަން ވައްޓާލަން ނުކުތުމުގެ ރެކޯޑު އޮތް އިމްރާންއަށް ޝެއިހް މުޖުތަބާގެ ސުވާލެއް

ވެރިކަންތަކާ ދެކޮޅަށް ނުކުމެ ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިކަން ސާފުކޮށް އޮޅުންފިލުވާދެއްވުމަށް ދީނީ ޢިލްމުވެރިޔާ އައްޝައިހް މުޖްތަބާ ޙަމީދު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެމްޑީޕީން ރާވައިގެން މިރޭ ބާއްވާ މުޒާހަރާގައި ބައިވެރިވާނެކަން އިމްރާން ވަނީ ހާމަކުރައްވާފައެވެ. މެންދުރަށް މައުލޫމާތު ލިބޭގޮތުގައި މިރޭގެ މުޒާހަރާގައި އަދާލަތު ޕާޓީން ބައިވެރިވުމަށް ނިންމީ ޕާޓީގެ އެއްވެސް ގުނަވަނަކާ މަޝްވަރާނުކޮށް އިމްރާނު އަމިއްލަފުޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދަނޑިވަޅާ ދިމާކޮށް މިފަދަ ސުވާލެއް އިމްރާން އާ ކުރަންޖެހުނު ސަބަބާ ގުޅޭގޮތުން ޝެއިޚް މުޖްތަބާ ވިދާޅުވީ މި ސުވާލުތަކަކީ މީގެ ކުރީން ވެސް ދެ ރައީސަކާއި ދެކޮޅަށް ވެރިކަން ވައްޓާލަން އިމްރާން އިސްވެ ނިކުތުމުން އޭނާއަށް އަމާޒު ކުރައްވާފައިވާ ދެ ސުވާލު ކަމަށެވެ.

ޝައިހް އިމްރާނުވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލަން 2012ވަނަ އަހަރު މުޒާރަހާކޮށް އަދި 2015 ވަނަ އަހަރުގެ މޭޑޭގައި ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އިސްކޮށް ނިކުމެފައެެވެ.

ޝެއިޚް މުޖްތަބާ ވަނީ ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިތޯ ސުވާލުކުރައްވައި އަދި އެކަމަށް ކީރިތި ޤުރްއާނާއި ސުންތުން އޮތް ޙުއްޖަތަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް އިމްރާނަށް ގޮވާލާފައެވެ.

2015 ވަނަ އަހަރުގެ މެއި 1 ގައި އޭރުގެ އިދިކޮޅުން ބޭއްވި މޭޑޭ މުޒާހަރާގައި އެންމެ އިސްކޮށް ހުރި އެކަކީ އިމްރާނެވެ. އެ ދުވަހު މަގުމަތީގައި ހަމަނުޖެހުން ހިންގައި ފުލުހުންތަކެއްގެ ގައިގައި ވެހިކަލަކުން ޖެއްސި މައްސަލައަކާއި، ފުލުހެއް މަގުމައްޗަށް ވައްޓައި އަނިޔާ ކުރި މައްސަލަ އާއްމުންނަށް ވަނީ ތިލަވެފައެވެ.

އަދި އެދުވަހު ރާއްޖޭގައި ހިނގާފައިވާ މަރުތަކާ ގުޅުވައި ސާބިތުނުހިފޭ ވާހަކަތަކެެއް އިމްރާނު ވަނީ ދައްކަވާފައެވެ. އެ ދުވަހު އިމްރާން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދެއްކީ ސިޔާސީ މަންފާއެއް ހާސިލުކޮށް އަމިއްލަ މަންފާއަށްކަމަށް ގިނަ ބަޔަކު މިހާރުވެސް އަންނަނީ ބުނަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝެއިޚް އިލްޔާސް, އިމްރާނަށް: އޮޅުވާލައިގެން ކަންކަންކުރުން ހުއްޓާލަން ނުޖެހޭތޯ؟ޚަބަރު | 3 މަސް ކުރިންވެރިކަން ވައްޓާލަން ނުކުތުމުގެ ރެކޯޑު އޮތް އިމްރާންއަށް ޝެއިހް މުޖުތަބާގެ ސުވާލެއްޚަބަރު | 3 މަސް ކުރިންއިމްރާނުގެ ބޮޑު ތުހުމަތެއް: "ބަޔަކު ޑރ. މަޖީދު ޝަހީދުކޮށްލީ"ޚަބަރު | 7 މަސް ކުރިން