logo
Bank of Maldives

Bank of Maldives

ޚަބަރު

އިމްރާނުގެ ބޮޑު ތުހުމަތެއް: "ބަޔަކު ޑރ. މަޖީދު ޝަހީދުކޮށްލީ"

ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ: އަވަހާރަވީ އުމުރުފުޅުން 55 އަހަރުގައި ސްރީލަންކާގައި -- ފޮޓޯ: ރައީސް އޮފީސް
ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ: އަވަހާރަވީ އުމުރުފުޅުން 55 އަހަރުގައި ސްރީލަންކާގައި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމީ ވުޒާރާގެ ވަޒީރުކަން ކުރެއްވި ދީނީ ޢިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވީ ނޫން ކަމަށާއި، ޝަހީދުކޮށްލީ ކަމަށް މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ މިހާރުގެ ރައީސްކަން ވެސް ކުރައްވާ އިމްރާން މިފަދަ ތުހުމަތެއް ކުރައްވައިފައިވަނީ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އެ ޕޯސްޓުގައި އިމްރާން ވަނީ ޑރ. މަޖީދުގެ ކުއްލި މަރާ ގުޅިގެން މިހާތަނަށް ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންކުރެވޭ ހިސާބަށް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއާއެކު ބަޔަކު، ޑރ. މަޖީދު ޝަހީދުކޮށްލީ ކަމުގައި އިމްރާން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަގާމް އިމްރާން އަދާކުރެއްވި ނަމަވެސް، މިފަދަ ތުހުމަތެއް އަދި ވާހަކައެއް ވެސް ދައްކަވާފައެއް ނުވެއެވެ.

 

ރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމު ލިބިފައިވާ ޑރ. މަޖީދު އަވަހާރަވެފައިވަނީ އުމުރުފުފުޅުން 55 އަހަރުގައި، 2018 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ. މަޖީދު އަވަހާރަވިއިރު ގެންދެވީ ސްޓްރޯކެއް ޖެހި އެކަމަށް ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ. މަޖީދަކީ 2012 ވަނަ އަހަރު ރާއްޖޭގައި އުފެދުނު ވެރިކަމުގައި އުފެއްދި އެންމެ ފުރަތަމަ އިސްލާމީ ވުޒާރާގެ ވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.

އަދި  ގުރުއާނުގެ ތަފްސީރުގެ ދާއިރާއިން ޑޮކްޓަރޭޓް ހާސިލްކުރެއްވި ފުރަތަމަ ދިވެހި ބޭފުޅާއަށް މަޖީދުވާއިރު، މަޖީދަކީ ޤައުމީ ޔުނިވާސިޓީގައި ދަރިވަރުންނަށް ތަޢުލީމު އުނގަންނަވައި ދެއްވި އެދުރެއް ވެސް މެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝެއިޚް އިލްޔާސް, އިމްރާނަށް: އޮޅުވާލައިގެން ކަންކަންކުރުން ހުއްޓާލަން ނުޖެހޭތޯ؟ޚަބަރު | 3 މަސް ކުރިންވެރިކަން ވައްޓާލަން ނުކުތުމުގެ ރެކޯޑު އޮތް އިމްރާންއަށް ޝެއިހް މުޖުތަބާގެ ސުވާލެއްޚަބަރު | 3 މަސް ކުރިންއިމްރާނުގެ ބޮޑު ތުހުމަތެއް: "ބަޔަކު ޑރ. މަޖީދު ޝަހީދުކޮށްލީ"ޚަބަރު | 7 މަސް ކުރިން