logo
Bank of Maldives

Bank of Maldives

ޚަބަރު

ޝެއިޚް އިލްޔާސް, އިމްރާނަށް: އޮޅުވާލައިގެން ކަންކަންކުރުން ހުއްޓާލަން ނުޖެހޭތޯ؟

ޢައްފާން މުޙައްމަދު
3 އޮކްޓޯބަރު 2025 - 13:37
ޝެއިޚް އިލްޔާސް, އިމްރާނަށް: އޮޅުވާލައިގެން ކަންކަންކުރުން ހުއްޓާލަން ނުޖެހޭތޯ؟

އޮޅުވާލައިގެން ކަންކަން ކުރުން ހުއްޓާލަން ނުޖެހޭތޯ، އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ގެ ކިބައިން އައްސަވައި ދިވެހިންގެ މެދުގައި މަގުބޫލު އިލްމުވެރިޔާ، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި އާންމު ކައުންސިލްގެ މެމްބަރު ޝެއިޙް އިލްޔާސް ހުސެއިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝެއިޚް އިލްޔާސް މިފަދައިން ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ، އިދިކޮޅު އެމްޑީޕީން އިސް ނަގައިގެން މިރޭ މާލޭގައި ބާއްވާ މުޒާހަރާގައި ރަސްމީކޮށް ބައިވެރިވާނެކަން އަދާލަތު ޕާޓީން އިއުލާނުކޮށްފައިވާ އަދި މި މުޒާހަރާގައި ބައިވެރިވާން ހިތްވަރުދީ އިމްރާން ވެސް ވާހަކަފުޅުދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ މީޑިއާއަކާ ވާހަކަދައްކަވަމުން އިމްރާން ވަނީ، ރައްޔިތުން ތިބީ ކިހިނެއްކަން ސަރުކާރާށް ދައްކަން ޖެހޭކަމަށާއި ވެރިކަމެއް ނުބައިވެ، ފަސާދަވެ ނިމުނީމައި ރައްޔިތުން ނުކުމެ ބަސް ބުނާނެކަމަށް ވިދާޅުވެފައެވެ. އަދި މިއަދު މިއޮތީ ރައްޔިތުންގެ ބާރު ދައްކަން ޖެހޭ ހިސާބަށް ގައުމުގެ ކަންކަން ގޮސްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މި ވާހަކަފުޅާ ގުޅިގެން އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ދީނީ އިލްމުވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އިމްރާނަށް ފާޑުވިދާޅުވެ ވާޙަކަދައްކަވާފައެވެ.

އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅިގެން އަދާލަތު ޕާޓީގެ މީސްމީޑިއާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ޝެއިޅް އިލްޔާސް ވަނީ، ސަރުކާރު ޒިންމާދާރުކުރުވުމަށް އަދާލަތުން ބަސްބުނަންޖެހެނީ ވަކި ޕާޓީއެއްގެ ފަހަތުގައި ނިވާވެގެން އޮވެތޯ އައްސަވާފައެވެ. އަދި މިކަން އެ ޕާޓީގެ މެމްބަރުންނަށް ހާމަކޮށްނުދީ، އޮޅުވާލައިގެން ކަންކަން ކުރިއަށް ގެންދިއުން ހުއްޓާލަން ނުޖެހޭތޯ ވެސް ޝެއިޚް އިލްޔާސް ވަނީއ އައްސަވާފައެވެ.

އިމްރާން ކަންކުރައްވާ ގޮތާމެދު ހިތްހަމަނުޖެހި، ދީނީ ޢިލްމުވެރިޔާ އައްޝައިހް މުޖްތަބާ ޙަމީދު ވެސް ވަނީ އިމްރާނަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ވެރިކަންތަކާ ދެކޮޅަށް ނުކުމެ ޤައުމު ހަމައިން ނައްޓުވާލައި ވެރިކަން ވައްޓާލަން ނިކުމެގަތުމުގެ ޝަރުޢީ ސަބަބަކީ ކޮބައިކަން ސާފުކޮށް އޮޅުންފިލުވާދެއްވުމަށް އިމްރާންގެ ކިބައިން ޝެއިޚް މުޖުތަބާ ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގެ ސިޔާސީ ތާރީޚުގައި، ފެހި ޤާނޫނުއަސާސީ ވުޖޫދުވިފަހުން ވެރިކަންތަކާ ދެކޮޅަށް ނުކުމެ، ގައުމު ގަޑުބަޑުކޮށް، މުޖުތަމައުގެ އަމަންއަމާންކަން ނަގާލި ހުރިހާ ބޮޑެތި ހަރަކާތްތަކުގައި އިމްރާންގެ ބައިވެރިވުން އޮތްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން 2012 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި، ދީނީ ގޮތުން ރައްޔިތުންގެ އިހުސާސްތަކާ ކުޅެ، އެ ވެރިކަން ވައްޓާލުމަށް އިމްރާން ހިތްވަރުދެއްވާފައިވެއެވެ. އަދި އެފަހުން، ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ކުރި މަސައްކަތުގައި ހަމަ އެ މޭރުމުން އިމްރާން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޒާހަރާއަށް ތާއީދެއް ނުލިބުނު، ރައްޔިތުން ބުނެދިނީ ލޮލުން ބޮލުން މި ވެރިކަމާ ރުހި ގަބޫލުކަނަް: ފަލާޙްޚަބަރު | 3 މަސް ކުރިންޝެއިޚް އިލްޔާސް, އިމްރާނަށް: އޮޅުވާލައިގެން ކަންކަންކުރުން ހުއްޓާލަން ނުޖެހޭތޯ؟ޚަބަރު | 3 މަސް ކުރިންވެރިކަން ވައްޓާލަން ނުކުތުމުގެ ރެކޯޑު އޮތް އިމްރާންއަށް ޝެއިހް މުޖުތަބާގެ ސުވާލެއްޚަބަރު | 3 މަސް ކުރިންއޮކްޓޯބަރު 3 ގެ އެއްވުމުގައި، ގޭންގުތައް މަގުމައްޗަށް ނެރެ ތަންތަނަށް ގެއްލުން ދޭން އެބަ މަސައްކަތްކުރޭ: ފުލުހުންޚަބަރު | 3 މަސް ކުރިން