logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިސްރާއީލާއި އިޓަލީ ވާދަކުރަންހަމަޖެހިފައިވާ މެޗާއި ދެކޮޅަށް އިޓަލީގެ ޤައުމީ ޓީމު ޓްރެއިން ކުރާ ސަރަޙައްދުގައި ބޮޑު މުޒާހަރާއެއް

އަބްދުﷲ ޣާނިމް
4 އޮކްޓޯބަރު 2025 - 05:12
މިމުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި
މިމުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި

އިޓަލީ އާއި އިޒްރޭލް އާ ދެމެދު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންގ ބޭއްވުމާއި ދެކޮޅަށް، އިޓަލީގެ ފުޓްބޯޅަ ޓީމުގެ ތަމްރީން މަރުކަޒުގެ ގޭޓު ކައިރިއަށް ޖަމާވެ ގިނަ ަބަޔަކު އިހުތިޖާޖުކޮށްފިއެވެ.

މި އިހުތިޖާޖަކީ ޣައްޒާގައި ހިނގަމުންދާ ޤަތުލުއާންމާއި ގުޅިގެން އިޓަލީގެ އެންމެ ބޮޑު ޔޫނިއަނުން ބުނާ ގޮތުގައި ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވި ގައުމީ ހުއްޓުވުމުގެ ތެރެއިން ކުރެވުނު އިހުތިޖާޖެކެވެ. އަދި އިޒްރޭލީ ބާރުތަކުން ހުއްޓުވާލި ފްލޮޓީލާގެ އާއި ދެކޮޅަށް ދިން ހަމަލާތަކާއި ދެކޮޅަށްވެސް މިމުޒާހަރާގައި އަދޫ އުފުލާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިޓަލީ އާއި އިޒްރޭލް އާ ދެމެދު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 14 ގައި އިޓަލީގެ އުޑީނޭގައެވެ. ހަނގުރާމައާ ގުޅިގެން އިޒްރޭލް ސަސްޕެންޑް ކުރުމާމެދު ޔޫއެފްއޭ އިން ވަނީ މަޝްވަރާތައް ފަށާފައެވެ. އިހުތިޖާޖު ކުރިއަށްދިޔައިރު ކުޅުންތެރިން ފްލޮރެންސްގައި ހުންނަ ކޮވަރޗިއާނޯ ތަމްރީން މަރުކަޒުގައި ނެތްނަމަވެސް، ހޯމަ ދުވަހު އެތަނަށް ޓީމު އެއްވާން ވަނީ ހަމަޖެހިފައެވެ.

އިޒްރޭލީ ނޭވީން ގްލޯބަލް ސުމޫދު ފްލޮޓިލާ ހުއްޓުވާލައި، އެކްޓިވިސްޓުން ހައްޔަރުކުރުމާ ގުޅިގެން ބުދަ ދުވަހުގެ ރޭއްސުރެ އިޓަލީގެ އެކި ހިސާބުތަކުގައި އިހުތިޖާޖުތައް ފެށިގެން ގޮސްފައިވެއެވެ. ހުކުރު ދުވަހު މަސައްކަތްތެރިންނާއި ދަރިވަރުން މަގުމައްޗަށް ނުކުމެ، ގިނަ އަދަދެއްގެ ޓްރެއިންތަކާއި އެތެރޭގެ ބައެއް ފްލައިޓްތައް ކެންސަލްވެ، އަދި ގިނަ އަދަދެއްގެ ސްކޫލްތައް ބަންދުކުރެވުނެވެ. މިލާނޯގައި އިހުތިޖާޖުކުރި ފަރާތްތަކުން ފުލުހުންނާ ދިމާލަށް ފުޅި އުކާލުމުން، ފުލުހުން ވަނީ ދުންބޯޅައިގެ ޖަވާބުދީފައެވެ.

އިޓަލީ އާއި އިޒްރޭލް އާ ދެމެދު ފާއިތުވި އޮކްޓޯބަރުގައި ނޭޝަންސް ލީގުގެ މެޗެއް އުޑީނޭގައި ކުޅުނެވެ. އެ މެޗުގެ ކުރިންވެސް މީގެކުރިން މުޒާހަރާތައް ވަނީ ކުރިޔަށްގެންގޮސްފައެވެ. މިމެޗުގައި ފަލަޞްތީނަށް ތާއީދުކޮށް އިހުތިޖާޖް ކުރި ނަމަވެސް، ވަރުގަދަ ސެކިއުރިޓީ ބެލެހެއްޓުމުގެ ދަށުން އެ މެޗު ކުރިއަށް ގެންގޮސް، އިޓަލީ ވަނީ 4-1 އިން މެޗު ކާމިޔާބުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އިޓަލީގެ އެފްއޭގެ ރައީސާއި ބުފޮން އިސްތިއުފާ ދީފިކުޅިވަރު | 2 މަސް ކުރިންވޯލްޑް ކަޕުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިޓަލީ ކަޓައި، ތާރީޚީ ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެކުޅިވަރު | 2 މަސް ކުރިންއަހަރުގެ މިހާތަނަށް އިޓަލީން 18،000 ފަތުރުވެރިން ރާއްޖެ އައިސްފިޚަބަރު | 4 މަސް ކުރިންއަދިވެސް ފެންނަނީ އިސްރާއީލްގެ ޖައްބާރުކަން، ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް މީހުން މެރުން ކުރިއަށް!ދުނިޔެ | 5 މަސް ކުރިން