logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވޯލްޑް ކަޕުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިޓަލީ ކަޓައި، ތާރީޚީ ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެ

އަބްދުﷲ ޣާނިމް
1 އޭޕްރީލު 2026 - 02:34
ވޯލްޑް ކަޕުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިޓަލީ ކަޓައި، ތާރީޚީ ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި ބޮސްނިއާ-ހެރްޒެގޮވީނާ އަތުން ބަލިވެ، ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައި ނުވެ މުބާރާތުން ކަޓައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ކުރިން މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެއް ޖެހިޖެހިގެން ތިން ފަހަރު މުބާރާތުން ބޭރުވި ފުރަތަމަ ފަހަރެވެ.

ޒެނިކާގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ބޮސްނިއާ އިން ވަނީ 4-1 އިން އިޓަލީ ބަލިކޮށް، އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 15 ވަނަ މިނެޓުގައި މޮއިސް ކީން ވަނީ ލަނޑެއް ޖަހައި އިޓަލީއަށް ކުރިހޯދައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، އިޓަލީގެ ޑިފެންޑަރު އެލެސަންދްރޯ ބަސްޓޯނީ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުން އިޓަލީއަށް މެޗުގެ ބޮޑު ބައި ކުޅެން ޖެހުނީ އެކަކު މަދުކޮށެވެ. ބޮސްނިއާ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 79 ވަނަ މިނެޓުގައި ހާރިސް ތަބަކޮވިޗް ޖެހި ލަނޑުންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީގެ ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯ އާއި ބްރަޔަން ކްރިސްޓަންޓޭ އަށް ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. އެސްޕޮސިޓޯ ފޮނުވާލި ޕެނަލްޓީ ގޯލްގެ މަތިން ދިޔައިރު، ކްރިސްޓަންޓޭގެ ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. ބޮސްނިއާގެ ފަހު ޕެނަލްޓީ ކާމިޔާބުކޮށް އެޓީމަށް މޮޅުކޮށްދިނީ އެސްމިރް ބަޖްރަކްތަރެވިޗް އެވެ.

މި ނާކާމިޔާބީއާއެކު، އިޓަލީން ދެން ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުސަތު ލިބޭއިރު، އެޓީމު އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުޅުނުތާ 16 އަހަރު ވާނެއެވެ. އަދި 2006 ވަނަ އަހަރުގެ ފައިނަލުގައި ފްރާންސް ބަލިކުރި ފަހުން، ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި އިޓަލީ ކުޅެފައި ނުވާތާ 24 އަހަރު ވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޖެންޓީނާ ބަލިކޮށް ސްޕެއިން ދެވަނަ ފަހަރަށް ވޯލްޑްކަޕްގެ ތަށި އުފުލާލައިފިކުޅިވަރު | 6 ދުވަސް ކުރިން10 ގޯލު ފެނުނު މެޗުގައި ސަކާގެ ހެޓްރިކާއެކު އިންގްލަންޑްއަށް ލޯމެޑަލްކުޅިވަރު | 7 ދުވަސް ކުރިންއަޑުގަދަ އިންޣްލަންޑްގެ އަޑު ކަނޑުވާލުމަށްފަހު މެސީގެ ޖާދުލާއެކު އާޖެންޓީނާ ޖެހިޖެހިގެން ދެވަނަ ވޯލްޑްކަޕް ފައިނަލަށްކުޅިވަރު | 10 ދުވަސް ކުރިންކޮލަމްބިއާ ބަލިކޮށް ސްވިޒަލޭންޑުން ކުއާޓާ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަނީކުޅިވަރު | 18 ދުވަސް ކުރިން