އިސްރާޢީލާއި ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ސަޕޯޓަރުން ވެގެން ސްޕެއިންގެ ފުރަތަމަ ޑިވިޝަނުގެ މެޗެއް މެދުކަނޑާލަން މަޖުބޫރުކޮށްފި
4 އޮކްޓޯބަރު 2025 - 05:28

ސްޕްނިޝް ލަލީގާގައި ރޭގައި އޮސަސޫނާ އާއި ގެޓާފޭ ބައްދަލުކުރި މެޗު ވަނީ ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައެވެ. މިގޮތަށް މެޗު މެދުކަނޑާލަން ޖެހުނީ އެލް ސަދާރު ސްޓޭޑިއަމްގެ ދެކުނު ފަރާތުން ޕަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން، އެފަރާތުގެ މެސެޖުތައް ގިނަބަޔަކަށް އިއްވުމަށް މެޗު ހުއްޓުވާލަންވެގެން ދަނޑަށް ޓެނިސްބޯޅަތަކެއް އުކުމާއި ގުޅިގެންނެވެ. .
އޮސަސޫނާގެ އަލްޓްރާސް ގްރޫޕް "އިންދާރް ގޯރީ" އިން މި ހަރަކާތް ހިންގީ ފަލަސްތީނަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. މެޗުގެ 10 ވަނަ މިނެޓްގައި ހިންގި މި ހަރަކާތުގައި ބާސްކް ބަހުން "އިޒްރޭލް ސަންޓްސިޓޫ" (އިޒްރޭލް ނައްތާލާ) މި ޝިއާރު ލިޔެފައިވާ ބެނާއެއްވެސް ވަނީ ދައްކާފައެވެ.

Ad by Hajj Corporation
މެޗުގެ ރެފްރީ ހަވިއަރް އަލްބެރޯލާ ވަނީ މެޗު ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، ކުޅުންތެރިންނާއި އޮފިޝަލުންނާ މަޝްވަރާކޮށް، ދަނޑުން ޓެނިސް ބޯޅަތައް ނެގުމަށް އިރުޝާދު ދީފައެވެ. ގައްޒާގައި ހިނގަމުންދާ ހަނގުރާމައާ ދެކޮޅަށް ކުރި މި އިހުތިޖާޖަށް ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުން ވަނީ ތާއީދުކޮށްފައެވެ.
ދަނޑުން ޓެނިސް ބޯޅަތައް ނެގުމަށްފަހު މެޗު ވަނީ އަލުން ފަށާފައެވެ. މިފަދަ ސިޔާސީ އިހުތިޖާޖުތައް ކުޅިވަރުގެ މައިދާނުގައި ކުރުމާމެދު ތަފާތު ޚިޔާލުތައް އޮތްނަމަވެސް، މިފަހަރުގެ އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ އަމާންކަމާއެކުގައެވެ.
މީގެ އިތުރުން އިސްރާޢީލުން ޣާޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް އިއްޔެ ވަނީ ސްޕެއިނުގެ ފުރަތަމަ ޑިވިޝަނުގެ ކުލަބް 'އެތްލެޓިކޯ ބިލްބާއޯ' އިން އެޓީމުގެ ސޯސަލް މީޑިޔާގައި ވަނީ އިސްރާޢީލުން ހިންގަމުންގެންދަނީ 'ޖެނޮސައިޑް' އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެނގިފައިވާގޮތުގައި އެކުލަބުންދަނީ މިކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން މިއަދު މަޔޯކާއާއި ދެކޮޅަށް ކުޅޭ މެޗު ފެށުމުގެ ކުރިން ދަނޑުމަތީގައި ހަރަކާތްތަކެއް ކުރިޔަށްގެންދަން ރާވާފައެވެ.