ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަން މިމަހު 10ގައި
5 އޮކްޓޯބަރު 2025 - 09:33

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަން މިމަހު 10 ވަނަ ދުވަހު ހުޅުވުމަށް ޒުވާނުން ބާރުވެރި ކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި މަހުގެ 10 އިން 15 އަށް ނެޝަނަލް އާޓް ގެލެރީގައި މި އެގްޒިބިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު އެފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.މިދިޔަ އަހަރުވެސް ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން އެ ވުޒާރާގެ ފަރާތުން ވަނީ "ޝޭޑްސް އޮފް މައިންޑް"ގެ ނަމުގައި އާޓް އެގްޒިބިޝަންއެއް ބާއްވާފައެވެ.ޖުމްލަ 51 ޒުވާނުން މި އާޓް އެގްޒެބިޝަންގައި ބައިވެރިވިއިރު މި އެގްޒިބިޝަން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް އެ ވުޒާރާގެ ފަރާތުން ވަނީ ކެޓްލޮގް ހަވާލުކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން އެ މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުން ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިފަހަރުގެ އާޓް އެގްޒިބިޝަންގެ ނަމަކީ "ލެބިރިންތް"އެވެ.


