logo
MPL

MPL

ޚަބަރު

ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުން މިރޭ؛ ރައީސް ބައިވެރިވެވަޑައިގަންނަވާނެ!

އިސްމާޢިލް ރާތިޢު
23 ޑިސެމްބަރު 2025 - 13:15
ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުން މިރޭ؛ ރައީސް ބައިވެރިވެވަޑައިގަންނަވާނެ!

މިމަހުގެ 22،23 ދެ ދުވަހު ޔޫތު ހަބުގައި ކުރިއަށްދިޔަ "ނެޝަނަލް ޔޫތު ކޮންފަރެންސް" ނިންމުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާ ގުޅިގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އުކުލަވާލުމަށްޓަކައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމެވެ. މިގޮތުން ޖުމްލަ 6 މައުޟޫޢަކަށް ބަހާލައިގެން މިކޮންފަރެންސްގައި ވޯކްޝޮޕްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ކޮންފަރެންސް ނިންމުގެ ހަފްލާ މިރޭ ޔޫތު ހަބުގައި އޮންނައިރު، މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން، "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ގެ ނަމުގައި ހަރަކާތެއް މިރޭ ކުރިއަށްދާނެ އެވެ. މި ހަރަކާތުގެ ތެރެއިން، ޒުވާނުންނަށް ސީދާ ރައިށް ޑރ. މުޢިއްޒުއާ ބައްދަލުކޮށް، ބޭނުން ވާހަކައެއް ހިއްސާކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކިސްތާނުގެ އެހީއެކު ގުޅީފަޅުގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަނީޚަބަރު | ގަޑިއިރެއް ކުރިންސިޔާސީ ބޭނުމުގައި އެއްވެސް ސިޔާސީ މީހަކު ހައްޔަރެއް ނުކުރާނެ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ވަޑައިގަންނަވަނީޚަބަރު | 3 ގަޑިއިރު ކުރިންފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ސީދާ ބަހަން ސަރުކާރުން އާ ކުންފުންޏެއް ހަދައިފިޚަބަރު | 5 ގަޑިއިރު ކުރިން