ލައިސަންސަންނެތި އެއްވެސް ހާލަތެއްގައި އެއްވެސް އުޅަނދެއް ދުއްވިގެންނުވާނެ: ސައުދުﷲ
6 އޮކްޓޯބަރު 2025 - 05:07

ލައިސަންސަންނެތި އެއްވެސް ހާލަތެއްގައި އެއްވެސް އުޅަނދެއް ދުއްވިގެންނުވާނެކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ މިއަދު ވިދާޅުވެއްޖެއެވެ.
ސައުދުﷲ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ''އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation
އެ ބިލަށް އިޝާރާތްކުރަށްވައި ސައުދުﷲ ވިދާޅުވީ، އެމީހެއްގެ ނަމުގައި އޮންނަ އުޅަނދެއް ލައިސަންސް އޮތް އެހެން މީހެއް ބުނެގެން ދުއްވާލަންދޭތަނުން ހިނގާ އެކްސިޑެންޓަކާއި ގުޅިގެން އުޅަނދުގެ ވެރިފަރާތަށް އަދަބުލިބޭ ގޮތަށް އޮތުން އެހާ ރަނގަޅެއްނޫކަމަށެވެ.
ނަމަވެސް ލައިސަންސް ނެތް މީހަކަށް ދުއްވަންދީގެން އަދަބު ދިނުމަކީ ތާއީދު ނުކުރާކަމެއްނޫންކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 18 އަހަރުން ދަށު ކުއްޖަކު ކަމުގައި ވިޔަސް އަދި 18 އަހަރުން މަތީ މީހެއްކަމުގައި ވީނަމަވެސް އެއްވެސް އުޅަނދެއް ދުއްވިގެންނުވާނެ ކަމަށެވެ. އަދި ދުއްވައިގެން ލިބޭ ގެއްލުން ވަރަށް ބޮޑަށް ފެނިގެންދާކަމަށް ވިދާޅުވި، ދާދިފަހުން އޭނާގެ ދާއިރާ ތިނަދޫގައި ހިނގާ ދިޔަ އެކްސިޑެންޓަކަށް ސައުދުﷲ ވަނީ އިޝާރާތް ކުރަށްވާފައެވެ.
ސައުދުﷲ ވިދާޅުވީ، ލައިސަންސަންނެތި އެއްވެސް ހާލަތެއްގައި އެއްވެސް އުޅަނދެއް ދުއްވިގެންނުވާނެކަމަށެވެ. އަދި ލައިސަންސްނެތި ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިގެން ދިޔުމަކީ ޖޫރިމަނާއަށްވުރެ މާ ބޮޑުއެއްޗެއް ކަމަށް ވެސް ވިދާޅުވިއެވެ.


