logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

އާމިނަތު ޝަފާ
6 އޮކްޓޯބަރު 2025 - 07:03
ޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން، ސޮނެވާ ނަމޫނާ އާއި، ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ސޮނެވާ ނަމޫނާއާއެކު، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން ކާދު އުފެއްދުމަށް ފަހުމްނާމާއެއްގައި ސޮއިކުރީ ޖުލައި މަހުގެ 08ވަނަ ދުވަހުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަން އާއި ސޮނެވާ ނަމޫނާއާ ދެމެދު ސޮއިކޮށްފައިވާ ފަހުމްނާމާގެ ދަށުން، ޖަލުތަކުގައި ވޭސްޓް ގޮތުގައި އުކާލެވޭ ކާތަކެތި ބޭނުންކޮށްގެން، ޖަލުތަކުގައި ކާދު އުފައްދަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން، ސޮނެވާ ނަމޫނާއާއި، ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ އަދި ކަރެކްޝަންސްގެ އެކަމާ ގުޅުންހުރި ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވާފައިވާކަން އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތައް އެއްބަސްވެފައިވާ މި ފަހުމްނާމާގެ މަޤްސަދަކީ ޖަލުތަކުގައި ކުރެވޭ އިސްރާފު މަދުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ފައިދާ ކުރުވަނިވި އާދަތައް ތަޢާރަފް ކުރުމުގެ ގޮތުން، ސަސްޓޭނަބަލް ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ފެށުމެވެ.

އަދި މި ޕްރޮޖެކްޓްގެ ދަށުން އުފައްދާ ކާދު ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައެވެ.

މި ފަހުމްނާމާގެ ދަށުން، ސޮނެވާ ނަމޫނާއިން ޤައިދީންނަށާއި އޮފިސަރުންނަށް އިސްރާފްކުރެވޭ ކާބާތަކެތި ބޭނުންކޮށްގެން ކާދު ހެދުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދީ، އެ މަސައްކަތް ދަސްކޮށްދިނުމުގެ އިތުރުން ތަމްރީންތަކާއި ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުން ތަރައްޤީކުރުމަށް ޓްރޭނިންގއެއް ހިންގައިފިޚަބަރު | 2 ގަޑިއިރު ކުރިންރިހެބިލިޓޭޝަން ދާއިރާގެ ދެ ތަމްރީން ޕްރޮގްރާމް ނިންމާލައިފިޚަބަރު | 3 މަސް ކުރިންޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިންކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންނަށް “އުނގެނެމާ” ޕްރޮގްރާމް ފަށައިފިޚަބަރު | 5 މަސް ކުރިން