logo
Bank of Maldives

Bank of Maldives

ޚަބަރު

ރިހެބިލިޓޭޝަން ދާއިރާގެ ދެ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

އައިމިނަތު މޫސާ
10 އޮކްޓޯބަރު 2025 - 10:37
ރިހެބިލިޓޭޝަން ދާއިރާގެ ދެ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން ދެ ތަމްރީން ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކަސްޓަމްސްގެ ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ، ކޮމިޝަންޑް އޮފިސަރުންނާއި ޖޫނިއަރ އޮފިސަރުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރުން ޢަބްދުﷲ ވަހީދު އާއި އިބްރާހިމް މަފާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި މެލޭޝިޔާ ޕްރިޒަން ޑިޕަރޓްމަންޓްއާ ގުޅިގެން ހިންގި “ފެއިތް-ބޭސްޑް ރިހެބިލިޓޭޝން ޓްރޭނިންގ ޕްރޮގްރާމް” އާއި “ވަރކިންގ ވިތް ވިމެން ޕްރިޒަނަރސް: އަ ޓީއޯޓީ” ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްދީފައެވެ.

މި ދެ ޕްރޮގްރާމްވެސް ކުރިއަށް ގޮސްފައިވަނީ މިމަހުގެ 06 އިން 08 އަށެވެ.

އެގޮތުން “ފެއިތް-ބޭސްޑް ރިހެބިލިޓޭޝަން ޓްރޭނިންގ ޕްރޮގްރާމް” ގެ ބޭނުމަކީ އިސްލާމް ދީންގެ ރިވެތި ސިފަތަކާއި އުސޫލުތައް ހިމަނައިގެން ޤައިދީންގެ ރިހެބިލިޓޭޝަން ޕްރޮގަރާމްތައް ފަރުމާ ކުރުވޭނެ ގޮތްތައް ހޯދުމެވެ. މި ތަމްރީން ޕްރޮގްރާމްގައި 37 އޮފިސަރުން ބައިވެރިވެފައިވެއެވެ.

އަދި “ވަރކިންގ ވިތް ވިމެން ޕްރިޒަނަރސް: އަ ޓީއޯޓީ” ޕްރޮގްރާމަކީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އަންހެން ޤައިދީން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ބެސްޓް-ޕްރެކްޓިސްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ އަދި ދިރިއުޅުމުގައި ނިކަމެތިކަމާއި ދަތިކަން އިޙުސާސްކުރާ އަންހެން ޤައިދީންނާމެދު ޢަމަލުކުރާނެ އެންމެ އެކަށޭނެ ގޮތްތައް ދަސްކުރުމެވެ. މި ޕްރޮގްރާމްގައި އަންހެން ޔުނިޓްގައި މަސައްކަތްކުރާ ހަތް އަންހެން އޮފިސަރުން ބައިވެރިވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުން ތަރައްޤީކުރުމަށް ޓްރޭނިންގއެއް ހިންގައިފިޚަބަރު | 2 ގަޑިއިރު ކުރިންރިހެބިލިޓޭޝަން ދާއިރާގެ ދެ ތަމްރީން ޕްރޮގްރާމް ނިންމާލައިފިޚަބަރު | 3 މަސް ކުރިންޖަލުތަކުގައި ކާދު އުފެއްދުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިޚަބަރު | 3 މަސް ކުރިންކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންނަށް “އުނގެނެމާ” ޕްރޮގްރާމް ފަށައިފިޚަބަރު | 5 މަސް ކުރިން