logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މުޢިއްޒު ފަދަ އިޚްލާސްތެރި ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއަކު އަދި ނުދެކެން: ޤާސިމް

އައިޝަތު ނަޝާ
6 އޮކްޓޯބަރު 2025 - 14:54
ރައީސް މުޢިއްޒު ފަދަ އިޚްލާސްތެރި ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއަކު އަދި ނުދެކެން: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ފަދަ އިޙްލާސްތެރި ނިޔަތަކާއެކު ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ވެރިއެއް ދެކެވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމަގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފެންފުއްޓަށް ވަޑާއިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައި މި ސަރުކާރުން ކުރައްވާ މަސައްކަތްތަށް ފާހަގަ ކުރައްވާ ޤާސިމް ވަނީ،ރައީސް މުއިއްޒު އަކީ ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

އަދި 2008 ވަނަ އަހަރު ޤާނޫނު އަސާސީ ބަދަލުވެގެން އައިފަހުން، ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ތެރެއިން ވެސް، ރައީސް ޑރ. މުއިއްޒު ފަދައިން އިޚްލާސްތެރި ނިޔަތަކާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާ ވެރިއަކު ދެކެވަޑައިނުގަންނަވާކަމަށް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް ހެކިވަން ރާއްޖޭގެ ދޮށީ މީހެއްގެ ހައިސިއްޔަތުން ނުވަތަ ގިނަ ކަންތައްތަކެއް ދުށް މީހެއްގެ ހައިސިއްޔަތުން ،އަމަލީ މަސައްކަތްތަކެއް ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން އޮތީ،2008 ވަނަ އަހަރުގަ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބަދަލުވެގެން އައިފަހުން މިއަދާ ހަމައަށް ވެރިކަން ކުރަން މަނިކުފާނު ވަޑައިގަތުމާ ހަމައަށް ،މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާ އަޒުމާ އެކީގައި ކުރިއަށް, އިޚްލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތް ކުރައްވާ އެއްވެސް ވެރިއަކު އަޅުގަނޑު ނުދެކެން - ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް

މީގެ އިތުރުން ވެސް ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ގިނަ ކަންތައްތަކެއް ކުރައްވަމުންގެންދަވާކަންވެސް ޤާސިމް އިބްރާހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް އަލިއަޅުވާލައްވަމުން ޤާސިމް ވިދާޅުވީ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންވެސް ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ފާހަގަކުރާ ކަންކަމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ބޭފުޅުން މެދުވެރިކޮށް ހައްލުހޯއްދެވުމަށް ރައީސް މަސައްކަތްކުރައްވާކަމަށެވެ. އެއީ ކުރިން ފެނިވަޑައިގަންނަވާ މަންޒަރެއް ނޫންކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޑީއެޗްޑީ ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް ޤަރާރެއް ނެރުއްވައިފިޚަބަރު | ދުވަހެއް ކުރިންއައްޑޫ ސިޓީ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ބައިވެރިންޚަބަރު | ދުވަހެއް ކުރިންރައީސް މުޢިއްޒަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެ އިޚްލާސްތެރި ވެރިއެއް: ޝިޔާމްޚަބަރު | ދުވަހެއް ކުރިންހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުން މި އަހަރު ފަށާނެ: ރައީސްޚަބަރު | 2 ދުވަސް ކުރިން