logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ރައީސް މުއިއްޒުހާ ތާހިރު ވެރިކަމެއް ކުރި ރައީސްއެއް މި ގައުމު ނުދެކޭ: ޤާސިމް

ޢައްފާން މުޙައްމަދު
6 އޮކްޓޯބަރު 2025 - 17:50
ރައީސް މުއިއްޒުހާ ތާހިރު ވެރިކަމެއް ކުރި ރައީސްއެއް މި ގައުމު ނުދެކޭ: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވާހާ ތާހިރު ވެރިކަމެއް ކުރައްވާ ދެވަނަ ރައީސަކު މި ގައުމު ނުދެކޭކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، އދ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވީ ވެރިކަންތަކުގައި ހިނގާފައިހުރި ބައެއް ކަންކަމާ ގުޅޭގޮތުން މި ޖަލްސާގައި ޤާސިމް ވަރަށް ތަފްސީލީ ގޮތެއްގައި ވާހަކަފުޅުދައްކަވާފައިވެއެވެ. އެގޮތުން ބައެއް ރައީސުންގެ ވެރިކަމުގައި، ކޯޓުތަކުގެ ފަނޑިޔާރުން ހައްޔަރުކުރުމާއި ކޯޓުތަކުގެ ފުރާޅު ނެގުމުގެ ހާދިސާތައް ވެސް ހިނގާފައިވާކަން ޤާސިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި ވެރިކަމުގައި ހުންނަވައިގެން ވެސް އަދި ވެރިކަން ނިމުމުން ވެސް، އެހެން ބޭފުޅުންނާ ގުޅޭގޮތުންނާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ފަރާތްތަކަށް އަމާޒުކޮށް ދައްކާ ވާހަކަތަކަށް ބަލާއިރު، އަދުގެ ރައީސުލްޖުމްހޫރިއްޔާގައި އެފަދަ ސިފައެއް ނެތްކަން ޤާސިމް ފާހަގަކުރެއްވިއެވެ.

"މަނިކުފާނު އެއްވެސް ބޭފުޅަކާމެދު ކުޑައިމީސް ބަހެއްބުނި އަޑެއް އަޅުގަނޑު ނާހަން. އެއްވެސް މީހަކު ސިޔާސީ ގޮތުން ގެންގޮސް ހައްޔަރުކުރިތަނެއް އަޅުގަނޑު ނުދެކެން. އެއްވެސް ފަނޑިޔާރަކު (ހައްޔަރުކުރިތަނެއް ވެސް)، ސުޕްރީމް ކޯޓުގެ ތަޅު އެޅުވިތަނެއް ވެސް އަޅުގަނޑު ނުދެކެން. އެކަމު (މީގެކުރިން ވެރިކަން ކޮށްފަ ތިބި މީހުން އެކަންވެސް ކުރިއޭ އިނގޭތޯ. ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ވެސް ތަޅުއެޅުވިއޭ އިނގޭތޯ. ކިތަށް ފަނޑިޔާރުން ބަދަލުކުރިތޯ ސުޕްރީމް ކޯޓުން. މި މީހުން މިވާޙަކަ ދައްކާއިރު އަޅުގަނޑު ހިތަށް އަރަނީ މި މީހުންނަށް އެނގޭބާވައޭ އެ މީހުންނަށް ކުރެވުނު ކަންތައްތަކާ ނުކުރެވޭ ކަންތައްތައް - ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާޙީމް

ޤާސިމް އިތުރަށް ވިދާޅުވީ، އެކިއެކި ނަންނަމުގައި ފާއިތުވި ހުރިހާ ސަރުކާރަކުން ވެސް ނަގަމުން އައި ލޯންތަކުގެ ސަބަބުން ގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެ ކަންކަމުން ގައުމު ސަލާމަތްކޮށްދޭން ރައީސް މުއިއްޒު ކޮށްދެއްވަނީ އެހެން ހުރިހާ ރައީސުން ކުރެއްވި ވަރަށްވުރެ އިޚުލާސްތެރި މަސައްކަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް މުއިއްޒުހާ ތާހިރު ވެރިކަމެއް ކުރެއްވި ރައީސަކު ނުދެކޭކަމަށް ގާސިމް ވިދާޅުވިއިރު، ފެންފުށީގައި ވާހަކަދައްކަވަމުން ޤާސިމް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ފަދަ އިޙްލާސްތެރި ނިޔަތަކާއެކު ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ވެރިއެއް ދެކެވަޑައިނުގަންނަވާކަމަށް ވެސް ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތައް ޕީއެންސީ އަށް ނޫން ބަޔަކަށް ދީގެން ކުރެވޭނެ އެއްވެސް ކަމެއް ނެތް: ގާސިމްޚަބަރު | 6 ގަޑިއިރު ކުރިންޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމްޚަބަރު | 16 ގަޑިއިރު ކުރިން8 ބިލިއަނުގެ ތެރޭން 100 ގައި: ދިވެހިންނަށް ބޮޑު ފަޚުރެއް، ޤައުމަށް މަތިވެރި ޝަރަފެއްރިޕޯޓް | 20 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއަށް މަރުޙަބާ ވިދާޅުވެއްޖެ ޚަބަރު | ދުވަހެއް ކުރިން