logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ބްރޯޑްކާސްޓަރުންނާއި މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެ

ޢައްފާން މުޙައްމަދު
7 އޮކްޓޯބަރު 2025 - 15:09
ބްރޯޑްކާސްޓަރުންނާއި މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެ

މި މަހުގެ 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން، އިންތިޚާބަކާނުލާ ހޮވިއްޖެެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަޤާމަށް ކުރިމަތިލި ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ޝަރުޠުހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް، 2 ކެންޑިޑޭޓުންނެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު، އެ މަޤާމަށް ވެސް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ޝަރުޠުހަމަވާ 2 ކެންޑިޑޭޓުންނެވެ. އަދި މި ފަރާތްތައް އިންތިޚާބުވެފައިވާކަން މިހާރު ވަނީ އިޢުލާންކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބު ވެފައިވަނީ:

މޫނިމާގެ / ށ. ފޭދޫ، ޢަބްދުލްޢަޒީޒް އިބްރާހީމް

މަލަ / ގދ. ތިނަދޫ، ޒަމްޢަތު އަޙްމަދު ވަޙީދު

އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ:

ވެލީގެ / ގދ. ރަތަފަންދޫ، ސިމާޙާ ނަސީމް

ހިސާން / ހދ. ވައިކަރަދޫ، ޙުސައިން ޘަޤީފް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ވޯޓުލާނެ ފަރާތްތައް ރަޖިސްޓަރީކުރުމަށް ހުޅުވާލި ފުރުޞަތު ރޭގެ 12:00އަށް ހަމަވިރު 190 ފަރާތަކުން ވަނީ ރަޖިސްޓަރީވުމަށް ހުށަހަޅައިފައެވެ.

ނިމިދިޔަ މީޑިއާ ކައުންސިލް އިންތިޚާބާ އަޅާބަލާއިރު މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެއީ، 2025 ޖޫން 21 ގައި މީޑިއާ ކައުންސިލްއަށް 3 މެންބަރުން އިންތިޚާބުކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ފަރާތުން ބޭއްވި ބައި-އިލެކްޝަނުގައި މީޑިއާތަކުގައި މަސައްކަތްކުރައްވާ 313 ފަރާތްތަކުގެ ތެރެއިން ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވަނީ 78 ފަރާތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރެއްވެފައިވާ މީޑިއާތަކަށް މާލީ އެހީ ލިބޭގޮތަށް އުސޫލު ބަދަލުކޮށްފިޚަބަރު | 24 ދުވަސް ކުރިންމީޑިއާތަކަށް އެއްތާކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް އިފްތިތާހުކޮށްފިޚަބަރު | 2 މަސް ކުރިންބްރޯޑްކާސްޓަރުންނާއި މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެޚަބަރު | 3 މަސް ކުރިންމީޑިއާގެ އައު ޤާނޫނު: އަބުރާ ބެހުމުގެ ވިޔަފާރި އާއި ދެކޮޅަށް އެޅުނު ހަރުދަނާ ފިޔަވަޅެއް!ރިޕޯޓް | 4 މަސް ކުރިން