logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

މީޑިއާތަކަށް އެއްތާކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް އިފްތިތާހުކޮށްފި

އައިޝަތު ނަޝާ
13 ނޮވެމްބަރު 2025 - 14:10
މީޑިއާތަކަށް އެއްތާކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް އިފްތިތާހުކޮށްފި

ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް "ނެޝަނަލް ނިއުސް އެޖެންސީ"ގެ ނަމުގައި އިފްތިތާޙުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ފެށި މި މަސައްކަތަކީ، ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ފެށި މަސައްކަތެކެވެ.

ނެޝަނަލް ނިއުސް އެޖެންސީގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދާއި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ.

އެންއެންއޭ އިފްތިތާޙުކުރުމަށް ފަހު ވަނީ، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ހަވާލުކޮށްފައެވެ.

ނެޝަނަލް ނިއުސް އެޖެންސީގެ ޕްލެްޓްފޯމާ ގުޅުނު މީޑިއާ ތަކަކީ،

Ad by Hajj Corporation

Ad by Hajj Corporation

• މެންދުރު ޓީވީ

• ޖީލު އޮންލައިން
• ޖަވިޔަނި
• ތީރު މީޑިއާ
• އަސުރު އޮންލައިން
• ދަ ސްޓޭންޑަރޑް މޯލްޑިވްސް
• ހުވަދޫ މީޑިއާ
• ސަން ސިޔާމް މީޑިއާ
• މިއަދު ޑެއިލީ
• ތިލަދުން އޮންލައިން
• ސައުވީސް އޮންލައިން
• ދިވެހި ޗެނަލް
• ސަންގު ޓީވީ
• އަސްލު ޓީވީ
• ވޮއިސް އެމްވީ
• އޯރކާ މީޑިއާ
• އެމްއެމްޓީވީ
• ވީޓީވީ

• ވަގުތު

މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން ވިދާޅުވީ މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުޞަތުތަކެއް ލިބޭ ޕްލެޓްފޯމެއްކަމަށެވެ.


މި ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ. ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަޤުބަލުގައި މި ޕްލެޓްފޯމްގައި ޙިއްސާކުރެވޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރެއްވެފައިވާ މީޑިއާތަކަށް މާލީ އެހީ ލިބޭގޮތަށް އުސޫލު ބަދަލުކޮށްފިޚަބަރު | 24 ދުވަސް ކުރިންމީޑިއާތަކަށް އެއްތާކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް އިފްތިތާހުކޮށްފިޚަބަރު | 2 މަސް ކުރިންބްރޯޑްކާސްޓަރުންނާއި މީޑިއާތައް ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެޚަބަރު | 3 މަސް ކުރިންމީޑިއާގެ އައު ޤާނޫނު: އަބުރާ ބެހުމުގެ ވިޔަފާރި އާއި ދެކޮޅަށް އެޅުނު ހަރުދަނާ ފިޔަވަޅެއް!ރިޕޯޓް | 4 މަސް ކުރިން