logo
MPL

MPL

ޚަބަރު

މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ހޯމް މިނިސްޓަރ ބައްލަވާލައްވައިފި

މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ހޯމް މިނިސްޓަރ ބައްލަވާލައްވައިފި

މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްލަވައިލައްވައިފިއެވެ.

އަދުގެ ސަރުކާރުން މީޑިއާ ވިލެޖެއް ހެދުމަށް ނިންމާފައިވަނީ ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ވައުދުފުޅާއެއްގޮތަށެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯއިން ތަރައްޤީކުރި ސިޓީ ހޮޓެލް އިމާރާތުގައި ތަރައްގީކުރާ އެ އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންނަ މަހަށް މި ތަނުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، ވަޒީރު ވަނީ މަސައްކަތް ކުރިއަށްދާ ސައިޓަށް ޒިޔާރަތްކުރައްވާ، މަޝްރޫއު ހިންގާ ފަރާތްތާކާއި ބައްދަލުކުރައްވާ، މަސައްކަތްތައް ކުރިއަށްދާ މިންވަރު އޮޅުންފިލުއްވަވާފައެވެ.

މީޑިއާތަކުން އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ބޮޑު ކުލީގައި ހިފަންޖެހުމުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، "މީޑިއާ ވިލެޖް" ޤާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ބާރު ދުވެއްޔެއްގައި ކުރިއަށްގެންދަމުންނެވެ.

މި މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭއެވެ. މި ވިލެޖުގެ މައިގަނޑު މަޤްޞަދަކީ، ލުއި އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަ ފޯރުކޮށްދީ، މީޑިއާތަކަށް ލިބޭ އާމްދަނީން އެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖޭގައި ތިބުމުގެ ޖާގައެއް ނުދޭނަން: ރައީސްޚަބަރު | ދުވަހެއް ކުރިންރިޒާވް ރެކޯޑް އަދަދަކަށް އިތުރުކުރެވި، ދަރަނީގެ ނުރައްކަލުން ޤައުމު ސަލާމަތްކުރެވިއްޖެ: ރައީސްޚަބަރު | ދުވަހެއް ކުރިން ސިއްޙީ ނިޒާމަށް ބޮޑު ބަދަލެއް، 'މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް' އުފައްދަނީޚަބަރު | 2 ދުވަސް ކުރިންރަސްމާލެއާއެކު ފެށިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް: ރައީސްޚަބަރު | 2 ދުވަސް ކުރިން