logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރުގެ ޝުކުރު ޑީއެންއާރަށާއި އިމިގްރޭޝަންގެ ހީވާގި މުވައްޒަފުންނަށް

އައިޝަތު ނަޝާ
8 އޮކްޓޯބަރު 2025 - 05:06
ވަޒީރުގެ ޝުކުރު ޑީއެންއާރަށާއި އިމިގްރޭޝަންގެ ހީވާގި މުވައްޒަފުންނަށް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ޙިދުމަތް ޤާއިމްކޮށް ނިންމާލުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މަހިބަދޫގައި ޕާސްޕޯޓުގެ ހިދުމަތް ދޭން ފެށުމާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑުގެ އަދި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅު މިވަނީ ފުއްދަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ކާމިޔާބީ ފާހަގަކުރައްވައި ވަޒީރު ވަނީ، މި މަސައްކަތް ދާޚިލީ ވުޒާރާއާ ހަވާލުކުރެއްވި ހިސާބުން މި މަސައްކަތުގެ ފޮނި ނަތީޖާ ހާސިލްކުރެވިގެންއައީ ޑީއެންއާރު ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ވެރިންނާއި، މުވައްޒަފުން އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އާއި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުންކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވަނީ މި މަސައްކަތުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ޝުކުރުވެސް އަދާކުރައްވާފައެވެ. އަދިި މިފަދަ މުހިންމު، ރައްޔިތުންނާ ގުޅިފައިވާ މަސައްކަތެއް ކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ނެންގެވި އިސްކަން ފާހަގަކުރައްވާ އެމަނިކުފާނަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

 ޚިދުމަތްތައް ހޯދަން މާލެ އައުމަށް ރައްޔިތުން ކުރިން ހޭދަ ކުރަންޖެހުނު ހޭދައަށް ނިމުން އައިސްފި ކަމަށާއި ރައްޔިތުން ދެން ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ހޯދަން އުފުލި ބުރަ އުފުލަން ނުޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުންގެ މައުލޫމާތު އެއްކޮށް އައިޑީކާޑު ދޫކުރަން ފެށިތާ، މިހާތަނަށް 41 އަހަރުވެފަވާއިރު އޮންލައިންކޮށް ދެމުން އައި ޕާސްޕޯޓް ޚިދުމަތާއި އަދި އައިޑީކާޑު ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދީ، ވީހާވެސް ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ނިންމެވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަނީޚަބަރު | 8 ގަޑިއިރު ކުރިންބީއެމްއެލް އެފޯޑަބްލް ހައުސިންގ ޔުނިޓުގެ ބިންގާ، ރައީސް އަޅުއްވާ ދެއްވައިފިޚަބަރު | 21 ގަޑިއިރު ކުރިންޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިކަމާއި އިޙްސާންތެރިކަން މުހިންމު: ރައީސްޚަބަރު | ދުވަހެއް ކުރިންގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އޭޕްރިލްގައި ނިންމަނީ، ޖޫން މަހު ގޯތިތައް ހަވާލުކުރާނެޚަބަރު | ދުވަހެއް ކުރިން