logo
Bank of Maldives

Bank of Maldives

ޚަބަރު

ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުން މި އަހަރު ފަށާނެ: ރައީސް

ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުން މި އަހަރު ފަށާނެ: ރައީސް

ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ހުރިހާ ސިޓީތަކެއްގައި ވެސް ސިންތެޓިކް ޓްރެކް އަޅާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މަސައްކަތް ފެށޭނެ ސީދާ ތާރީޚު ވިދާޅުނުވި ނަމަވެސް، މި އަހަރުގެ ތެރޭގައި ހުރިހާ ޓްރެކެއްގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހުރިހާ ސިޓީތަކެއްގައި ސިންތެޓިކް ޓްރެކްސް ހަދާގޮތަށް އޮންނާނީ ނިންމާފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މި މަސައްކަތް ފަށަން ނިންމާފައި އޮތްކަމެއް އެއީ. ފެށޭނެ ޑޭޓެއް މިގަޑީ ދަންނަވާ ނުލެވުނަސް، މި އަހަރުގެ ތެރޭގައި ހުރިހާ ސިޓީއެއްގައި އެ ޕްރޮޖެކްޓުތައް ކުރިއަށްދާނެ" ކަމަށް ރައީސް ވިދާޅުވިއެވެ.

ސިޓީތަކުގައި ސިންތެޓިކް ޓްރެކް އަޅަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އެއްގެ ދަށުންނެވެ. މި އެލްއޯސީގެ ދަށުން ޓްރެކް އަޅާނީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީގައެވެ. މާލޭގެ މާފަންނު ސްޓޭޑިއަމްގައި ކްރިކެޓް ދަނޑު ވަށައިގެން އަޅާފައިވާ ސިންތެޓިކް ޓްރެކަކީ ވެސް އިންޑިއާގެ ހިލޭ އެހީގައި އަޅާފައިވާ ޓްރެކެކެވެ. މި ޓްރެކްތަކުގެ މަސައްކަތް ނިމުމުން އެތުލެޓިކްސްގައި ކުރިއަރާދާން ބޭނުންވާ އެތުލީޓުންނަށް ބޮޑު ފުރުސަތެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުން މި އަހަރު ފަށާނެ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންއެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ނުލިބި ސަރުކާރުގެ މުވައްޒަފުންނަށް އުފާވެރި ޚަބަރެއްޚަބަރު | 9 ގަޑިއިރު ކުރިންއޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންނަށް ދޭ އަދަބެއް ނޫން، ބޭނުމަކީ ހައްގުތައް ހިމާޔަތްކުރުން: ރައީސްޚަބަރު | 9 ގަޑިއިރު ކުރިންޕޭ ހާމަނައިޒޭޝަންގެ ތެރެއިން މުސާރައަށް ދިމާވި މައްސަލަތައް ހައްލުކޮށްފި، ބަދަލު މި މަހު ފެންނާނެ: ރައީސްޚަބަރު | 9 ގަޑިއިރު ކުރިން